ކޮވިޑް19 ގައި ރާއްޖެއިން މިހާތަނަށް 26 މީހަކު ވަނީ ނިޔާވެފައެވެ.
ﷲއަށް ހަމްދުހުރި، މިއަދު އިތުރު 129 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 129 މީހަކު ބަލިން ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 129 މީހަކު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 4222 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނީ، މިއަދު އިތުރު 129 މީހަކު ފައްސިވި ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހީންނާއި ބަންގްލަދޭޝްގެ 11 މީހަކާއި، އިންޑިއާގެ ތިން މީހަކާއި ފިލިޕީންސް ދެ މީހަކާއި ޔޫއޭއީން ދެ މީހަކާއި ލަންކާ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 6،779 އަށް އަރައިފައެވެ.