Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ބިލުން އުނިކޮށްފި

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ބިލުން އުނިކޮށްފި

އަގީދާއާ ގުޅުވައިގެން މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ހުށަހެޅުން އުނިކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ނަފުރަތު އުފެއްދުމުގެ ބަޔަށް އިތުރު ބައިތަކެއް ގެނައުމަށް ހުށަހަޅައިފައިވާ އިރު، އާންމުން އެއްވެ އުޅޭ ތަނެއްގައި މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުމާއި، އިސްލާމީ އަގީދާއާ ގުޅުވައިގެން މީހަކާ މެދު ނަފުރަތު އުފެއްދުން ހިމެނެއެވެ.

ބިލުގައި ވާގޮތުން މި ހުރިހާ ކަންކަމަކީ ވެސް ޖުނަހުގެ އެއްވަނަައިގެ ދަރަޖައިގައި ހިމެނޭ ކުށްތެކެވެ.

Advertisement
Ooredoo — Square (box)

މި ބިލާ ގުޅޭގޮތުން އިތުރަށް ދިރާސާ ކުރުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބައި ބިލުން އުނި ކުރަން ފެންނަ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން ވެސް އެބައި އުނިކުރުމަށް ވަނީ ހުށަހަޅައިފައެވެ.

އިމްތިޔާޒް ވިދާޅުވީ، ބިލުން އެބައި އުނި ކުރުމުގެ ބޭނުމަކީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފްރަތު ފުޅާ ވެގެން ގޮސް ، ތަފްސީލުކޮށް ބިލުގައި ލިޔެފައި ނެތުމުން “އެބިއުޒް” ކުރުމުގެ ފުރުސަތު އޮވެދާނެކަމަށް ޓަކައި ކަމަށެވެ. އެހެންކަމުން ބިލުން އެބައި އުނި ކުރުމަށް މެމްބަރުން ވެސް ވަނީ ތާއީދު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް