ޚަބަރު ސިޔާސީ

އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު އަދި ޑިމޮކްރެޓްސް: އިބުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރޭ ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބު ލިބިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި ޑިމޮކްރެޓްސްއިން "އިބޫ ނޫން ގޮތެއް" ކެމްޕޭނުގެ ސަބަބުންކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތުމަށް މިއަދު ހުށަހަޅުއްވާފައިވާތީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުރިހާ މެމްބަރުން ރައީސް ނަޝީދު އެނބުރި އެ ޕާޓީއަށް ގެންނަވަން ތާއީދުކުރެއްވިޔަސް، އިބުރޭ އެގޮތަށް ތާއީދު ނުކުރައްވާނެކަމަށް އެބޭފުޅާވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެ ހުށަހެޅުން ހުށަހެޅުއްވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. ފައްޔާޒް ވަނީ އެމެސެޖު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައެެވެ.

އެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ތާއީދު އޮތް ނަމަ، އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ތާއީދު އޮތް ނަމަ، އަޅުގަނޑު އެމްޑީޕީއާ ގުޅެން ތައްޔާރު" ރައީސް ނަޝީދު ވިދާޅުވިއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތުދެއްވަމުން އިބުރޭ ވިދާޅުވީ ރައީސް ނަޝީދު އަލުން އެ ޕާޓީއަށް ގެންނަވަން އެބޭފުޅާ ތާއީދު ނުކުރައްވަނީ، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެން ދިޔުމުގެ މައިގަނޑު ސަބަބަކީ ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސް އިން "އިބޫ ނޫން ގޮތެއް" ހޯއްދަވަން ކުރެއްވި ކެމްޕޭނުކަމަށް ވާތީއެވެ.

"ޕީޕީއެމަށްވުރެ ބޮޑަށް އަޅުގަނޑުމެންނާ އިދިކޮޅަށް، ރައީސް ސޯލިހު ނޫން ގޮތެއް ހޯދުމަށް ކަމަށް ބުނެ، މަސައްކަތް ކުރީ ޑިމޮކްރެޓްސް އަދި ރައީސް ނަޝީދު. އެހެން އަޅުގަނޑު ނަޝީދަށް ތާއިދު ކުރަން ބޭނުން ނުވަނީ،" އިބުރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު އެ ޕާޓީން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ނެރުއްވި އިލްޔާސް ލަބީބަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ތިން ވަނަ އެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ރައީސް ނަޝީދު އަދި ޑިމޮކްރެޓްސްއާއިއެކު މަސައްކަތްކުރައްވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެދެވޭ ޖަވާބެއް ލިބިފައިނުވާކަމަށްބުނެ، އެ ޕާޓީން ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއިއެކު މަސައްކަތް ނުކުރަން ނިންމާފައެވެ.

މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 126,842 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 53.0 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108,500 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.

Ads by HDC
  1. ފެއްސޭ

    ފަސް އަހަރު ވަޒީރުން ދެއްވި އެއްބާރުލުމަށް ރައީސްގެ ޝުކުރު އަދާކުރާއިރު ތިޔާ ވަޒީރުންނަށް ކުރެވުނު ކަމަކީ ކޮބައިތޭ ހައުސިންގް މިނިސްޓަރު އަސްލަމް ކުރި ކަމަކީ ރަސްފަންނުގައި ކުރަން އޮތް 200 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އޮޅާލީއޭ އެކަނޑުކޮސް އެކަން ކުރީ އެއީ ކޮން މަގްސަދެއްގައި ކަން ވެސް އެކަނޑުކޮހަށް ނޭގެއޭ މުޅިން ވެސް ރަށްފުށުގައި ގަބުޅި ކަތީބުން ރަށްރަށުގެ އޮފީސް ހިންގާ ގޮތަށޭ ރައީސް އިބޫގެ ވަޒީރުން މިނިސްޓްރީ ތައް ހިންގާފައި ހުރީ ފެއްސޭ ރައީސް އިބޫ ދެން ރައީސް އޮފީހުން ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ

  2. ވިސްނާތި

    ރައީސް އިބޫ އަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ އަދި މީހުން ގެންގުޅެން އިނގޭ އަދި ގެންގުޅޭ މީހުން ކުރާ ކުށްތައް އަމިއްލަ އަށް ބޮލު އަޅައިގެން ގެންގުޅޭ މީހުން ތައް ދިފާއު ކުރާ ވެރިއެކޭ އެގޮތުން ބަލާއިރު ރައީސް އިބޫ އެކަނި އެކަކު ވެސް ނެތި އެމްޑީޕީ އެޓްލާންޓިކް ކަނޑުމެދަށް ހެރިކޭން ކެޓްރީނާ އަރާފައި އޮތްވާ ފަޅުވެރިން ގޮވައިގެން ކުރި ހިންމަތުން ފެސިފިކް ކަނޑަށް ސަލާމަތުން ވަނުން އެއީ ދެން އެއޮޑީގެ ކައްޕި ކަން ކެނެރީގެ ނަޝީދަށް ދޭން ޖެހޭނެ ކަމެއް ނޫނޭ ރައީސް ޔާމީން ނަގާފައި މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ވަރުގަދަ އިދިކޮޅު ސިޔާސީ ލީޑަރަކީ ރައީސް އިބޫއޭ އަދި ރައީސް އިބޫގެ އަންހެނުން އާއިލާ އަކީ އެއީ މާލޭގެ ގަދަރުވެރި އާއިލާއެކޭ އަދި އެ އާއިލާ އަކީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަން ވަރަށް ރަނގަޅަށް ދަންނަ އާއިލާ އެއް ކަމަށްވާއިރު ރައީސް އިބޫގެ ދަރިން ތައް ކުރިއަށް ނެރެގެން އެމްޑީޕީ ކުރިމަގުގައި ލީޑް ކުރާނީ ރައީސް އިބޫގެ ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅު ކަމަށް ނިންމާ އެމަަގުން އެކުދިން މަޑުމަޑުން ސިޔާސީ ދާއިރާ އަށް ވައްދާ ޕާރޓީގެ ކައުންސިލުން އެކުދިން ނަށް ވެސް ޖާގަ ދޭންވީއޭ ކެނެރީގެ ނަޝީދާއި އެމްޑީޕީ ހަވާލު ކުރަން ނުޖެހޭނެއޭ އޭނާގެ ހިތްވަރެއް ހުރިއްޔާ ދަ ޑިމޮކްރެޓުން ގޮވައިގެން އޭނާ އުޅެންވީއޭ…

  3. ދޫކޮށްނުލާތި

    ރައީސް އިބޫ ވިސްނުންތެރިކަން އިސްކުރާތި މިދަނޑިވަޅުގައި ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް އަލަށް ޕާރޓީ އެއް ވެރިކަމުގައި އުފައްދައިގެން ބޮޑެތި ހުރަސްތައް ސިޔާސީ ގޮތުން އާއިލާ ތެރެއިންނާއި އަދި އެންމެ ގާތް ރަހްމަތްތެެރިއެއް ކަމަށް ހެދިގެން އުޅުނު މީހަކު ސީދާ ދުޝްމަނަށް ބަދަލުވެ މިއަދު އޭނާ އަށް ރައީސް އިބޫ ކުރި ބުރަ މަސައްކަތުން ހޯދި 1 ލައްކަ 10 ހާސް ވޯޓް ގަނޑު އެއީ އާދަޔާއި ޚިލާފު ކާމިޔާބީ އެއްކަން އެނގި އެ ޖަހައިގަންނާން ފުރުސަތު ނުދޭތި ނުދޭތި ރައީސް އިބޫގެ އަމިއްލަ ދަރިން އެމްޑީޕީ ތެރެއަށް ވައްދާށޭ ރައީސް އިބޫ ކާން ބޯން ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތަށޭ ދެން ކުރިއަށް އޮތް 100 އަހަރު ދުވަހަށް ވާން ޖެހޭނީ ފަޒޫ ފަދަ ރަނގަޅު އިޚްލާސްތެރި ދެގޮތެއް ނުވާ އަންބަކު ހުރެމެ ފަޒޫމެންގެ އާއިލާ ގެ އެއްބާރުލުން ފުރިހަމަ މާނައިގައި ރައީސް އިބޫ އަށް ދިނުން އެއީ އެއްގޮތަކަށް ވެސް ކެރެފާ އާއިލާ އަށް ދީފްރަމްއާގެ އާއިލާއިން އެމެން ކުރި މަސައްކަތުގެ ބައިއަޅަން ޖެހޭނެ ކަމެއް ނޫނޭ ރައީސް އިބޫ އެއްގޮތަކަށް ވެސް އެމްޑީޕީގެ ލަގަން ދޫކޮށްނުލާތި ހެޔޮނުވާނެއޭ ދޫކޮށްނުލާތި މަމެން ޔަގީންކަން ދެމޭ މަމެން ޕިންކީންގެ ވެރިކަމުގައި ރައީސް އިބޫ އާއި ދެކޮޅަށް ކުރާނެ ސިޔާސީ ދައުވާ އެއް ނޯންނާނެއޭ ހަނދާން ކުރާތި އެމްޑީޕީގެ ލަގަން ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި

  4. ދޫކޮށްނުލާތި

    މަމެން ރައީސް އިބޫ ގާތު ބުނެލަން އޮތީ އެއްގޮތަކަށް ވެސް މާޔޫސްވެ ފަހަތަށް ނުޖެހޭށޭ ސިޔާސީ ދާއިރާ އަކީ އެއީ ފިރިހެންވަންތަ ދާއިރާއެކޭ މިހާރު އެމްޑީޕީން ރައީސް އިބޫ އެކަނި އިސްމީހަކަށް ހުރެ ކުރި މަސައްކަތުން ތިޔާވަނީ 1 ލައްކަ 10 ހާސް ވޯޓް ހޯދާފައޭ މީ އެމްޑީޕީގެ ތާރީޚް ގައިވެސް މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީ އެކަނި ނިކުމެ ލިބުނު އާދަޔާއި ޚިލާފު ކާމިޔާބީ އެކޭ އެއްގޮތަކަށް ވެސް ފަހަތަށް ނުޖެހޭތި އަދި އެމްޑީޕީގެ ލަގަން ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި ދޫކޮށްނުލާތި

  5. އިއްބެ

    ޏޫންއިންތިޚާބުގެއްލުނީރައީސްނަޝީދާއިފައްޔާޒު އަދި އީޗީޝަރީފުުސަބަބުން

  6. ޞައްދާމު

    ޤަބޫލު ކުރީތަ؟

  7. ވިންޑްއޮފްޗޭންޖް

    ވެރިކަން ބަދަލުކުރާ މަރުހަލާގައި ހޭންޑްއޯވަރ ސެރޓިފިކެޓް އަދި ޓޭކިންގް އޯވަރ ސެރޓިފިކެޓް ހަދަން ޖެހޭނެއޭ މާލީ ވުޒާރާ އާއި ހަވާލުވާއިރު ލޯން ނެގި އަދަދާއި އަދި ބްރިޖް އަޅަން އިންޑިއާ ކުންފުންނަށް މިހާތަނަށް ލޯންގެ ބޭރުން ދައުލަތުގެ ބަޖެޓުން މަހަކު ދެމުން އަންނަ 500 މިލިއަން ރުފިޔާގެ ހިސާބު ކިތާބު ވެސް ހިމެނެން ޖެހޭނެއޭ ދުނިޔޭގެ ފެންވަރުގައޭ މިކަން ކުރަން ޖެހޭނީ ލިސްން ޓު ދަ ވިންޑް އޮފް ޗޭންޖް ޗޭންޖް މީ ޓު ދަ ލެޓިންގް އޮފް ދަ މޯމެންޓް އޮން އަގްލޯރީ ޓައިމް އިޓްސް ދަ ކަންޓްރީ ވެއަރ ދަ ޗިލްޑްރެން އޮފް ޓު މޯރޯ ޑްރީމް އަވޭ އިޓްސް ދަ ވިންޑް އޮފް ޗޭންޖް…

  8. ނުރަބޯ

    ޞޯލިޙަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ އޭނާގެ ޚުދުމުޚުތާރު ކަމާ ނުލަފާ ޖައްބާރުކަމާ ކޮންމެގޮތެއް ވަރިހަމަ ވުމާ ޢަދުލާ އިންސާފު އެއީ ހަމަ އެކަނި އޭނާއަށް ފެންނަ ގޮތް ކަމަށްވެ އަނިޔާވެރިކަން ޙައްދުން ނައްޓާ ކިބުރުވެރި ކަމާ ޣަދަރުވެރިކަން ކުރިޔަށް ނެރުމުން، ﷲތަޢާލާ އޭނާ އަށް ދެއްވި ވެރިކަން އަނބުރާ އަތުލެއްވީމައެވެ.

  9. ރަށުން

    މޑޕ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވީ ސީދާ ކެނެރީގެނަސީދުގެ ސަބުންނެވެ އޭނާ ހަޅުތާލުހަދައި އަދި
    އެހެންމީހުންވެސް އޭގެ ތެރެއަށް ވައްދައި މުޅި ޕާޓީ ގަޑުބަޑު
    ކުރީއެވެ. އޭނާ އެކަންކުރީ އަމިއްލަޔަށްނުކުމެ ވެރިކަމަށް އާފދެވިދާނެ ކަމުގެ މަސްތުގައެވެ. އެހެންނަމަވެސް މިހާރު
    އޭނާއަކީ ސިޔާސީ އެއްވެސް ބުރަދަނެއް ހުރިމީހެއްނޫނެވެ
    ވީހާއަވަހަކަށް މަޖިލީހުގެ ރައީސްކަމުން އަޒުލުކުރަން ޖެހެއެވެ.