Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ނުނިމި ހުރި ކަންކަން ނިންމަން މަސައްކަތް ކޮށްދެއްވުމަށް ވަޒީރުންގެ ކިބައިން ރައީސް ޞާލިޙް އެދިވަޑައިގެންފި

ނުނިމި ހުރި ކަންކަން ނިންމަން މަސައްކަތް ކޮށްދެއްވުމަށް ވަޒީރުންގެ ކިބައިން ރައީސް ޞާލިޙް އެދިވަޑައިގެންފި

ސަރުކާރުގެ މެނިފެސްޓޯގައި މިހާރު ނުނިމި ހުރި ކަންކަން ދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައި ނިންމުމަށް ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ވަޒީރުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެދިވަޑައިގެންފިއެވެ.

ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއް ޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައިފައެވެ.

ހަމަ އެހެންމެ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރި ކަންކަން ނިންމެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ، ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލުކުރެއްވުމަށާއި ވަކިން ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ދުވަސްވަރާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫ ކަންކަމުން އަރައިގަތުމަށް ރައީސް ދެއްކެވި ނަމޫނާ ލީޑާޝިޕް ފާހަގަކުރައްވައި، އެކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް