Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުރިއަށް އޮތްތަނުގައި ކޯޓާ ދޫކުރާނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމުން: މިނިސްޓަރ ފައްޔާޒު

ކުރިއަށް އޮތްތަނުގައި ކޯޓާ ދޫކުރާނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމުން: މިނިސްޓަރ ފައްޔާޒު

ކުރިއަތް އޮތްތަނުގައި ކޯޓާ ދޫކުރާނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައްޔާޒު ވިދާޅުވީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމުން ކޯޓާ ދޫކުރުމަށް ނިންމަން ހަމަޖެހިފައިވަނީ މިކަމަށް ހުރިހާ ފަރާތްތަކުން ހޭލުންތެރި ކުރުމަށް ކަމަށެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ޖޮބްސެންޓަރ ޕޯޓަލް މެދުވެރިކޮށް މަސައްކަތް ކުރާ މީހުން މަދު ކަމަށާއި މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށެވެ.

Advertisement
HDC — Sidebar (box)

“ޖޮބްސެންޓަރު މެދުވެރިކޮށް މަސައްކަތް ކުރާ ފަރާތްތައް މަދުކަން ފާހަގަކުރެވޭ. މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް މިނިސްޓްރީގެ ފަރާތުން ދަނީ ކުރަމުން. އުންމީދަކީ ކުރިޔަށް އޮތް ދުވަސްތަކުގަ ޕޯޓަލް ކުރިއަރައިގެން ގޮސް، ޕޯޓަލް ބޭނުންކުރާ މީހުން ގިނަވުން” ފައްޔާޒް ވިދާޅުވިއެވެ.

ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ގިނަ ކަންތައްތައް ކުރެވޭނެކަން ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވީ ޒުވާނުން މިކަމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ރޭވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް