Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުސޫލުތަކާ އެއްގޮތަށް ސަރުކާރު އޮފީސްތައް ހުޅުވަނީ

އުސޫލުތަކާ އެއްގޮތަށް ސަރުކާރު އޮފީސްތައް ހުޅުވަނީ

ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް، އޮފީހަށް ހާޒިރު ވެގެން މަސައްކަތް ކުރާ ގޮތަށް ހުޅުވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދިޔުމާ ގުޅިގެން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ނިންމިއެވެ. އަދި ރައީސް އޮފީހުން ވަނީ އެ ނިންމުން އަންނަ ޖެނުއަރީ މަހުގެ 3 އާ ހަމައަށް ދަމަހައްޓައިފައެވެ.

ނަމަވެސް މާލެ ސަރަޙައްދުގެ ކޮވިޑް ހާލަތު މިހާރު ބޮޑުތަނުން ކޮންޓްރޯލު ކުރެވިފައިވުމާ ގުޅިގެން، ޖުލައި 4 ވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ކުރާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ.

Advertisement
Ooredoo — Square (box)

ކޮވިޑްގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ސަރުކާރުން އިއްޔެ ވަނީ ލުއިތަކެއް ދޭން ހަމަޖައްސައި މާދަމާއިން ފެށިގެން ދޭނެ ލުއިތައް އިއުލާނު ކުރައްވައިފައެވެ.

ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ގައިދުރުކަމާ އެކު މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރަން ފެށުމާއި، ކާފިއު ގަޑި ރޭގަނޑު 8:00އިން ފަތިހު 4:00އަށް ކުޑަ ކުރުމާއި، ކާފިއު ނޫން ވަގުތު ފާސް ނުލައި ބޭރުގައި އުޅެވޭ ގޮތް ހެދުމުގެ އިތުރުން، ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަނުގައި ޑައިން-އިން ހިދުމަތް ދިނުމަށް ހުޅުވައިލުން ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް