ޚަބަރު ސިޔާސީ

މެމްބަރު ޝަރީފަށް ހަމަލާދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އައްޑޫ ސިޓީ، މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފަށް ހަމަލާދިން މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެގޮތުން ހައްޔަރުކޮށްފައިވަނީ 4 ދިވެހިންކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހުން 60 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާއިރު 26 އަހަރުގެ އަނެއްމީހާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ މަސައްކަތްތަކުގައި އުޅުއްވަނިކޮށް މެމްބަރު ޝަރީފަށް ހަމަލާދީފައިވަނީ ވޯޓު ގަތުމުގެ ކަންކަން ކުރާ ކަމަށް ތުހުމަތުކޮށްކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ޝަރީފުގެ އިތުރުން ފޭދޫ ދާއިރާގެ މުހައްމަދު ނިހާދަށްވެސް ހަމަލާދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!