އެބޭފުޅުން ބޭނުންވީ ރައީސް ޞާލިޙު ނޫންގޮތެއް، އަޅުގަނޑު ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް: އިބުރޭ

އެމްޑީޕީން ވަކިވެ، އައު ސިޔާސީ ޕާޓީއެއް އުފެއްދި ޑިމޮކްރެޓްސްއިން އޭރު ބޭނުންވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނޫން ގޮތެއް ކަމަށާއި، މިއަދު އެމްޑީޕީން އެދެނީ ބަރުލަމާނީ ނޫން ގޮތެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިބުރޭ މިހެން ވިދާޅުވީ، ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް، އެ ޕާޓީގެ ޤައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަޅުގަނޑު މިވަގުތު އެހާ ބަލާކަށް ބޭނުމެއް ނޫން ރާއްޖެއަށް ރަނގަޅީ ކޮން ނިޒާމެއްތޯ, އެ ބޭފުޅުން އެދުވަހު ވިދާޅުވީ ރައީސް ޞާލިޙް ނޫން ގޮތެއް, މިއަދު އަޅުގަނޑުމެން ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް: އިބުރޭ މިރޭ ބޭއްވި އެމްޑިޕީގެ ޤައުމީ މަޖިލީހުގައި, އެމްޑީޕީގެ ޑެޕިއުޓީ ޗެއާ… pic.twitter.com/1LtpvypzFH
— Dhen (@DhenOnline) October 3, 2023
"އެބޭފުޅުން ދެއްކީ ރައީސް ޞާލިޙު ނޫންގޮތެއް. މުޢިއްޒު ނޫނީ އެހެން މީހަކު ހޮވާކަށް ނޫން ވާހަކަ ދެއްކީ، ރައީީސް ޞާލިޙު ނޫންގޮތެއް، ޑިމޮކްރެޓްސްއިން." އޭނާ ވިދާޅުވިއެވެ.ރިޔާސީ އިންތިޚާބު ނިމުނުތާ 24 ގަޑިއިރު ނުވެ، ޑިމޮކްރެޓްސްއިން އެދެނީ އެމްޑީޕީއާއި ގުޅެން ކަމަށް ވިދާޅުވެ، އިބުރޭ ފާޑުވިދާޅުވިއެވެ.
"ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައިލީމަ، އެބަ އެނގޭ، އެއްވެސް ދާއިރާއަކުން އެބޭފުޅުންނަކަށް އަމިއްލަ ހާލައިގެން މަޖިލިސް ގޮނޑިއެއް ލިބޭ ވަރަކަށް ވޯޓެއް ނުއެއް ލިބޭ."އިބުރޭ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭގައި، ނިޒާމީ ވޯޓެއްގެ ކަންތަކުގައި އެމްޑީޕީ ތާށި ކުރަން ޑިމޮކްރެޓްސްއިން މަސައްކަތް ކުރި ކަމަށާއި، މަޖިލިސް އިންތިޚާބާއި ދިމާކޮށް ވެސް ކުރަން އުޅެނީ އެކަންތައް ކަމަށެވެ. އަދި ރާއްޖެއަށް ރަނގަޅީ ކޮން ކަހަލަ ނިޒާމެއްތޯ މި ދަނޑިވަޅުގައި ބެލުމުގެ ބަދަލުގައި، ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





ކޮމެންޓް