ވޯޓަށް ހަރަދުވާ 40 މިލިޔަން ރުފިޔާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް ބަހާލުން މާ ރަނގަޅުވާނެ: ރޮޒައިނާ
ނިޒާމީ ވޯޓު ނަގަން ހަރުދުވާ 40 މިލިޔަން ރުފިޔާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް ބަހާލުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ ނިޒާމީ ވޯޓު ނަގަންދާ 40 މިލިޔަން ރުފިޔާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް ބަހާލުން މާ ރަނގަޅުވާނެ ކަމަށް. އަދި އެންމެ ބޭފުޅަކު ކުރަން ބޭނުންވާ މަސައްކަތެއްގައި ދިވެހި ދައުލަތުން ބޮޑު ޚަރަދެއް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި, ބަރުލަމާނީ… pic.twitter.com/g9Oqcr3khH
— Dhen (@DhenOnline) October 3, 2023
ރޮޒައިނާ ވިދާޅުވީ “ބޭކާރު” މަސައްކަތަކަށް ޤައުމުން 40 މިލިއަން ރުފިޔާ ހަަރަދު ކުރަން ބޭނުން ނުވާ ކަމަށެވެ. އެ ފައިސާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް ބަހާލުން މާ ރަނގަޅުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
“ އެންމެ ބޭފުޅަކު ކުރަން ބޭނުންވާ މަސައްކަތެއްގައި ދިވެހި ދައުލަތުން ބޮޑު ޚަރަދެއް ކުރަން ޖެހޭ ސަބަބެއް ނެތް, ބަރުލަމާނީ ނިޒާމަށް ލިބޭނީ ފަސް ޕަސެންޓު” ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށާއި ސަބަބަކީ މިހާ މަދު ރައްޔިތުން ތިބޭ ޤައުމެއްގައި ކޮންމެ މީހަކަށް ވެސް ރައީސަކު ހޮވުމުގެ އިހްތިޔާރު ލިބެން ޖެހޭ ކަމަށާއި އެ ފުރުސަތު ރައްޔިތުންނަށް ނުދީ ބަރުލަނީ ނިޒާމެއް ގެނެސްގެން މިހާރު ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ކީއްވެތަ ކަލެއާ ކަލޭގެ ފިރިކަލުންނަށް ލިބޭ ލާރިގަނޑުން އެހީނުވަނީ
މޯފޯސް ބީ ސްޕެންޑިން އޯލް އޮފް ޑެމް މަނީ އެން ސޭއިން ދިސް ޝިޓް ނައު. ފަކިން ހިޕޮކްރިޓްސް