އަދާލަތުން ވެސް ނިންމީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން

ނިޒާމީ ވޯޓަކަށް ގޮސްފިނަމަ, ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރަން އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ, އަދި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަންހެދި އަދާލަތު ޕާޓީން ނިންމައިފިއެވެ.
މިރޭ އެމްޑީޕީން ބޭއްވި ޤައުމީ މަޖިލިސް އިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރަން, މަޖިލީހުގައި ބައިވެރިވި އެންމެންގެ އިއްތިފާޤުން ނިންމާފައެވެ. މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިޙް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވާނެކަން ވެސް ހާމަ ކުރައްވާފައެވެ.
މިރޭ އަދާލަތުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރަން އަދާލަތު ޕާޓީގެ މަޝްވަރާގެ މަޖިލީހުންގެ އިއްތިފާޤުން މިރޭ ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ދެއްވާފައެއް ނުުވެއެވެ.
ނިޒާމީ ވޯޓެއް ނަގަން އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދެވެ. މަޖިލީހުން ވަނީ 29 އޮކްޓޯބަރުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ޤަރާރެއް ވެސް ފާސްކޮށްފައެވެ.