ޚަބަރު ސަރުކާރު

ވަޢުދުތައް ފުއްދުމުގައި ޗައިނާގެ އެހީތެރިކަމަށް މުއިއްޒު އެދިވަޑައިގެންފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އިންތިޚާބީ ރައީސް ޑރ. މުއިއްޒު ޗައިނާގެ ސަފީރާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ޕީޕީއެމް

ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ޗައިނާގެ އެހީތެރިކަމާއި ބައިވެރިވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންވިކަމަށް އިންތިގާލީ ތަރުޖަމާން މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އެމަނިފާނުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފިރްޒުލް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ޑރ. މުއިއްޒުއާއެކު އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި، އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވި" ފިރްޒުލް ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ވޭންގް ލިޒިން ގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށްވެސް ފިރްޒުލްގެ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ޗައިނާގެ ސަފީރާ ބައްދަލުކުރައްވާފައިވާއިރު، ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

  1. ޖެހޭނެއޭ

    މާނަވީ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން ހިލޭ އެހީއާއި ލޯން އެހީ ދީފައިވަނީ އެއީ ޗައިނާ އިން އެކަނިއޭ ކުރިން މަމެން ހީކުރީ އެކަން ކުރަނީ ޖަޕާނުން ކަމަށް ޖަޕާނުން ވެސް ހަދަނީ މަކަރާއި ހީލަތޭ ޗައިނާ އިން ލޯން އެހީ ދިނުމުންނޭ މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އެޅުނީ އެކަމަކު ޖަޕާނުން އެފަދަ ކަމެއް ކޮށް ނުދެއޭ ޕިކަޕް ގަނޑެއް ލޯންޗެއް ދިށްކޮށްލަ ކޮށްލާ ޖަޕާނުން ތިބޭތާ މިހާރު 10 އަހަރު ވަނީއޭ ޗައިނާ އާއި އެކު ވަރަށް ގާތް ގުޅުމެއް ގާއިމް ކުރަން ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ…

  2. އައިމިސްޔޫ

    ޗައިނާ ވަނީ ރާއްޖެ އަށް ވަރަށް ދީލަތި އެހީއެއްވެދީ ބްރިޖް އަޅާދީފައޭ މިކަން ބަދަލުވީ އެމްޑީޕީ ވެރިކަމުގައި ޗައިނާ އާއި ކަނދުރާ އާއި ކަނދުރާ ޖައްސާ ޗައިނާ ފަހާލުމުންނޭ މަމެން ޕިންކީންގެ ވެރިކަމުގައި ޗައިނާ އަކީ މަމެންނާއި އެންމެ އެކުވެރި ބައިވެރިއަކަށް ހަދާނަމޭ އޯއް އޯއް ޗައިނާ އައި މިސް ޔޫ މޯރ ދެން ލައިފް މޯރ ދެން ލައިފް ޔުއަރ މެމޮރީ އިޒް އެކްސްޓެސީ އައި މިސް ޔޫ މޯރ ދެން ލައިފް އައި މިސް ޔޫ މޯރ ދެން ލައިފް ޑާންސް ޑާންސް ޑާންސް ޑާންސް….