މުޢިއްޒުގެ ވެރިކަމުގައި އުއްމީީދީ ދުވަސްތަކެއް ފެނިގެންދާނެ: ޝިފާޒު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އުއްމީދީ ދުވަސްތަކެއް ފެނިގެންދާނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
މިހާރު ޑިމޮކްރެޓްސްގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ޝިފާޒު މިހެން ވިދާޅުވީ، ރޭ އެ ޕާޓީގެ ރަސްމީ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ކުރަން ފުރުސަތު ލިބިފައިވާއިރު ޕީޕީއެމަށް ވެސް އެ އަދަދަށް ފުރުސަތު މިހާރު ލިބިފައިވާ ކަަމަށެވެ.
އަދި ނޮވެންބަރު 17، ގައި ފެށޭ ޑރ. މުއިއްޒުގެ ވެރިކަމަކީ ކުރީގައި ވެފައި އޮތް ކަމެއްގެ މައްޗަށް ބައްޓަން ކުރާނެ ވެރިކަމަކަށް ނުވާނެ ކަމަށާ މުއިއްޒުގެ ވެރިކަން ވާނީ ކުރީން ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބައްޓަން ކުރާ އުންމީދީ ވެރިކަމަކަށް ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ޑރ. މުއިއްޒުގެ ވެރިކަމަކީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް އަނެއްކާ ވެސް އުންމީދީ ދުވަސްތަކެއް ފެނިގެން ދާނެ ކަމަށް."
އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން ވެސް ތިބީ، އައު ސަރުކާރާއިމެދު އުއްމީދުގައި ކަމަށެވެ.







ކޮމެންޓް