Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ފަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތައް ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި

ފަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތައް ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި
ފަލަސްތީނަށް އިޒްލޭރުން ދޭ ލާއިންސާނީ ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުށްވެރިކުރައްވައިފިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި، އެ ރައްޔިތުންގެ ކަރާމާތާއި އަމިއްލަ އިޚްތިޔާރުގެ ޙައްޤާއި އެއްބައިވަންތަކަމުގެ ޙައްޤުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށާއި، ފަލަސްތީނުގެ ދިފާއީ ބާރުނެތް މުޖުތަމައުތަކަށް އިސްރާއީލުން ނުހައްގުން ބާރުގެ ބޭނުން ކުރުން ކުށްވެރިކުރައްވާކަމަށެވެ. ރައީސް ޞާލިޙު މިހެން ވިދާޅުވީ، ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތެއްކަމަށްވާ ހަމާސްއިން އިޒްރޭލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލަތަކެއް ހޮނިހިރު ދުވަހު ދިނުމާއި ގުޅިގެން އިސްލާމީ ޤައުމުތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްތީނުން ހަމަލާދިނުމުން، އޭގެ ރަައްދުގައި ކަމަށް ބުނެ އިޒްރޭލުން ގެންދަނީ ޣައްޒާގެ އާއްމުން ދިރިއުޅޭ ސަރަހައްދު ތަކަށް ބޮން އަޅަމުންނެވެ. އަދި ހަނގުރާމަ އިއުލާނުކޮށް ހަމާސްއިން އެ ދިން ހަމަލާއާމެދު އެމީހުން ހިތާމަކުރާނެކަމަށްވެސް އިޒުރޭލުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން، ރައީސް ޞާލިޙުވަނީ އެންމެނަށް ހަމަޖެހުން ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލަކަށް ގޮވާލާ ގޮވާލުން އާކުރާ ކަމަށްވެސް ވިދާޅުވެފައެވެ. ރައީސް ޞާލިޙުގެ އިތުރުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އިސްރާއީލުން ޤާނޫނާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ހިފާ ހިފުން ވަގުތުން ހުއްޓާލައި އެފަދައިން ހިފާފައިވާ ބިންތައް ފަލަސްތީނަށް އަނބުރާ ދޭންޖެހޭކަމަށް ވިދާޅުވެއްޖެއެވެ.
އަދި އިސްރާއީލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށާއި 1967 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށާއި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
މި ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން އެ ހަމަލާ ބަދަލުކުރުން ހުއްޓައިލަން ދެފަރާތަށް ވެސް ގޮވައިލަމުންދާކަން ފާހަގަކުރެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް