Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސޭޓުގެ ކަރަށް ވަޅިން ހަމަލާދިން އަންހެން މީހާގެ ބަންދަށް 15 ދުވަސް

ސޭޓުގެ ކަރަށް ވަޅިން ހަމަލާދިން އަންހެން މީހާގެ ބަންދަށް 15 ދުވަސް

މާލޭގެ ފިހާރައަކަށްވަދެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އުމުރުން 29 އަހަރުގެ އެ އަންހެން މީހާގެ ބަންދުގެ މުއްދަތަކަށް ޖަހާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާދީފައިވާތީ 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ޒަޙަމްވި ފިރިހެން މީހާއަށް އޭޑީކޭއިން ފަރުވާދީފައިވާއިރު އޭނާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied Insurance — Square (box)

މިއީ ކިހިނެއް ހިނގައިދިޔަ ހާދިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް