ޚަބަރު

އިންސާނީ ކާރިސާއެއްގެ ތެރެއަށް ޣައްޒާ ވެއްޓިފައިވާއިރު، ދުނިޔޭގެ ލީޑަރުން ހަނު: ދުންޔާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ދުންޔާ މައުމޫން: ފޮޓޯ ދެން އިމޭޖަސް

އިންސާނީ ކާރިސާއެއްގެ ތެރެއަށް، ފަލަސްޠީނުގެ ޣައްޒާގެ ޙާލަތު ވެއްޓިފައިވާއިރު، ދުނިޔޭގެ ލީޑަރުން ހަނު ތިއްބެވުމުން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިޒްރޭލުގައި ހައްދުފަހަނަޅައިފައިވާ ޔަހޫދީން، ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ދެހާހާއި ގާތް ކުރާ ޢަދަދަކަށް މީހުން ޝަހީދުކޮށްލައިފައިވާއިރު، ޣައްޒާގެ އުތުރުގައި އުޅޭ މިލިއަނެއްހައި މީހުން އެ ސިޓީގެ ދެކުނަށް ހިޖުރަ ކުރަން އަންގައިފައެވެ. އަދި އެ ސިޓީއަށް ހުއްޓުމެއް ނެތި، ބޮން ވެސް ދަނީ އަޅަމުންނެވެ.

ދުންޔާ ވިދާޅުވީ، ‏ޣައްޒާގެ ރައްޔިތުންގެ މަރުވެފައިވާ ހަށިގަނޑުތައް ބެހެއްޓުމަށް އައިސްކްރީމް ފްރީޒާތައް ބޭނުންކުރަން ޖެހޭ ޙާލަތައް ކަންކަން ގޯސްވެފައިވާ ކަމަށެވެ.

"މުޅި ދުނިޔެވެސް ނުދެކޭފަދަ ވަރުގެ ހިއުމޭނިޓޭރިއަން ކްރައިސިސްއެއްގެ ތެރެއަށް ޣައްޒާ ވެއްޓިފައިވާއިރުވެސް ދުނިޔޭގެ ލީޑަރުން ތިބީ ހަނު!"

ފަލަސްޠީނުގައި މަސްޖިދުލް އަޤްޞާ ހުރުމަކީ މުސްލިމުންނަށް އެ ބިން ޚާއްސަވާ އެއް ސަބަބެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ދުނިޔޭގެ ބާރު ގަދަ ޤައުމުތަކުގެ ލީޑަރުން ބަސް ވިދާޅުނުވާއިރު، އެމެރިކާ ފަދަ ޤައުމުތަކުން އިޒްރޭލުގެ އަސްކަރިއްޔާއަށް އެހީ ވެސް ވެއެވެ. އެމެރިކާއިން، ކޮންމެ އަހަރަކު އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެއެވެ.

ޭ

Ads by Allied Insurance
  1. މިއުޅޭ މުސްލިމް ޤަޢުމުތަކޭ މިކިޔާ ޤަޢުމު ތަކުގެ ވެރިންނަށް ސައުތު އެފްރިކާގެ ރަޢީސަށް ވީވަރުވެސް ނުވި، ޝުކުރިޔާ ސައުތު އެފްރިކާ