Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޖާދޫގަރުންގެ ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވަނީ!

ޖާދޫގަރުންގެ ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވަނީ!

ދިވެހީންގެ މަޤުބޫލުކަން ހޯދާފައިވާ އެކިކަހަލަ ޖާދޫ އަދި އިލޫޝަންސް ހަދައިއުޅޭ އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ޖާދޫގަރުންނަށް ޚާއްސަކޮށް ރަޖިސްޓްރީކުރި "މޯލްޑިވިސް މެޖީޝަންސް އެސޯސިއޭޝަން" އިން ބުނެފިއެވެ.

ދާދިފަހުން ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މި ޖަމިއްޔާގެ ރައީސްއަކީ ރާއްޖޭގައި ޖާދޫގެ ފަންނުގައި މަޝްހޫރުކަން ހޯދާފައިވާ މުޙައްމަދު ޝަރީފް ނުވަތަ ބެގޯނިއާ ޝަރީފްއެވެ. އޭނާއަކީ ރާއްޖޭގައި ޒަމާނުއްސުރެ ޖާދޫގެ ޝޯތައް ދީފައިވާ އަދި ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުންވެސް ކާމިޔާބީ ހޯދާފައިވާ މީހެކެވެ.

މި ޖަމިއްޔާ އުފެއްދި އެންމެ ބޮޑު ބޭނުމަކީ ޖާދޫ ހެދުމާއި އިލޫޝަނަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުންކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް މި ހުނަރު ދަސްކޮށްދީ، މިފަދަ ހުނަރުތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީވެސް މި ޖަމިއްޔާ އުފެއްދުމުގެ ބޭނުމެއްކަމަށް އޭނާ ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މި ޖަމިއްޔާގެ އެންމެ ޚާއްސަކަމަކީ، ޖަމިއްޔާގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ ޖާދޫގަރެއް މަސައްކަތްކުރަމުން ދިއުމެވެ. ޝަރީފް ފާހަގަކުރި ގޮތުގައި ގިނެސް ރިކޯޑު ފޮތުން ދެ ފަހަރެއްގެ މަތިން ރެކޯޑު ހޯދާފައިވާ އިންޑިއާގެ ޖާދޫގަރު ސަމަލަ ވެނޫ މި ޖަމިއްޔާގެ މަސައްކަތްތަކުގައި އެހީތެރިވާނެއެވެ.

މި ޖަމިއްޔާއިންް މިހާރު އަންނަނީ ކުރިއަށް އޮތް ޑިސެންބަރު މަހު "މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލް" ގެ ނަމުގައި ޖާދޫގަރުންގެ ބޮޑު ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޑިސެމްބަރު މަހުގެ ފުރަތަމަ ދެ ދުވަހު ކުރިއަށްދާ މިި ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ މެޖީޝަނުންނާއި އިލޫޝަނިސްޓުންނަށް ވަނީ މިހާރު ފުރުސަތު ހުޅުވާލާފައެވެ.

މި ފެސްޓިވަލުގައި ޖާދޫ އަދި އިލޫޝަންސްގެ ހުނަރު ދައްކާލަން ބޭނުންވާ ހުރިހާ އާޓިސްޓުންނަށް، ދިވެހީންގެ ބޮޑު ޕްލެޓްފޯމެއްގައި މި ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް