Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

އިސްލާމްދީނަކީ ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން: ސިޔާމް

އިސްލާމްދީނަކީ ދިވެހިންގެ ޤައުމިއްޔަތުގެ  އެންމެ މުހިންމު ރުކުން: ސިޔާމް

އިސްލާމްދީނަކީ ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު  ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ފޮނުއްވި ޚިޠާބުގައެވެ.

އެގޮތުން ސިޔާމް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން ކާބަފައިން ވެސް ދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ ދީނުގެ ޝިއާރުތައް ނަގަހައްޓައިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ކަމަށްޓަކައި ކާބަފައިން ޖާނާއި މާލުން ޤުރުބާންވިއިރު އެ ކަމުގެ ހަނދާން ވެސް އާ ކުރަން ޖެހޭކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމް ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހިންނަށް ލިބުނު އެންމެ ފުރިހަމަ އެންމެ އަގުބޮޑު ނިއުމަތް ކަމަށެވެ.

މިގޮތުން މި ނިއުމަތް ދިވެހިންނަށް ގެނެސްދެއްވުމުގައި މެދުވެރިންގެ ގޮތުގައި މިންވަރު ކުރެއްވި އެންމެންގެ ޒިކުރާ އާ ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ސިޔާމްގެ ހިޠާބުގައި ފާހަގަކުރެއްވިއެވެ.

އިސްލާމްދީނަކީ ދިވެހިންގެ ގައުމިއްޔަތުގެ ވެސް އެންމެ މުހިންމު ރުކުން ކަމަށާއި މިއީ މިއަދު ދިވެހިންގެ އަތުގައިވާ މިނިވަންކަމާއި، އެއްބައެއްވަންތަކަމުގެ އަސްލުކަމަށާއި އިސްލާމްދީނުގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފައިވާ ކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިޔާމެގެ ހިޠާބުގައި ވަނީ މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ޔަހޫދީން ދެމުން އަންނަ ލާއިންސާނީ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ވީހާ ވެސް އަވަހަކަށް ގާއިމުކޮށްދިނުމަށް ބައިނަލްއަގްވާމީ، އެންމެހާ އިދާރާތަކާއި، ހުރިހާ އިސްލާމީ ޤައުމުތަކަށް ގޮވާލައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް