Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ރުއް އާލާކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޮޅިވަރަމްގައި ރުއް އިންދަން ފަށައިފި

ރުއް އާލާކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޮޅިވަރަމްގައި ރުއް އިންދަން ފަށައިފި

ރުއް އާލާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހދ.ނޮޅިވަރަމްގައި ރުއް އިންދަން ފަށައިފިއެވެ.

ނޮޅިވަރަމްގައި ރުއް އިންދަން ފަށާފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކާއްޓާއި ކުރުބާ ލިބޭނީ ރުކުގެ އާބާދީ އިތުރުކޮށްގެން ކަމަށްވާތީ ސަރުކާރުން ފަށާފައިވާ ރުއް އާލާ ކުރުމުގެ ޕްރޮގްރާމްގެ ދަށުންނެވެ.

އެގޮތުން އެރަށުގައި ހުރި ގިނަ ރުއްތަކަށް ބަލިޖެހި ރުއްތައް ހަލާކުވެ ނެތިގެންދިޔުމާއި ގުޅިގެން އެރަށު ކައުންސިލުން ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގައި އެދިލައްވައިގެން މިހާރު 200 ރުއް ވަނީ އެ ރަށައް ހޯދާފައެވެ.

Advertisement
Ooredoo — Truecaller (box)

އަދި މި މަހު 15 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރުއް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ޙުސައިން ރަޝީދު ޙަސަންއެވެ.

މިގޮތުން މިނިސްޓްރީން އެ ރަށަށް ފޮނުވައިފައިވާ 200 ރުކުން ހަ ރުއް މިމަހު 15 ވަނަ ދުވަހު ވަނީ އިންދައިފައެވެ.

މީގެ އިތުރުން ބާކީ ހުރި ހުރިހައި ރުއްތައް މިހާރު އަންނަނީ ނޮޅިވަރަމްގައި އިންދަމުންނެވެ.

ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލީ އިތުރުވެ ރުކުގެ އާބާދީ ދަށްވުމުގެ ސަބަބުން މި މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނައުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން ވަނީ ފަސް ހާސް ރުއް ރާއްޖެ ގެނެސްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް