Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ޣައްޒާގެ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި

ޣައްޒާގެ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޞާލިޙް “އެކްސް”ގައި ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ހޮސްޕިޓަލްތަކަށް ހަމަލާ އަމާޒުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށާއި ޣައްޒާގެ ރައްޔިތުންގެ ޙާލަތަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅައި، އިންސާނީ އެހީގެ ކޮރިޑޯތައް ޤާއިމުކުރުމަށް ދުނިޔޭގެ މުޖުތަމަޢަށް ގޮވާލާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ފަލަސްތީނުގެ މި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 500އަށް ވުރެ އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ. މި ހަމަލާ އާއި ގުޅިގެން އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ އިޒްރޭލުން ނޫން ކަމަށާއި، އެއީ ހަމާސްގެ ހަމަލާއެއް ނާކާމިޔާބު ވެގެން އެ ހޮސްޕިޓަލަށް އެރީ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް