ޚަބަރު

ކުޑަކުއްޖަކު މާބަނޑުވި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރޭޕްގެ ޝިކާރައަކަށްވެ ބަލިވެ އިން 18 އަހަރުން ދަށުގެ އަންހެނެކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން ހާމަކުރެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައި ވަނީ  މިދިޔަ ހޮނިހިރު ދުވަހުއެވެ. ހަމަ އެހެންމެ މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 6 ވީ ހުކުރު ދުވަހުގައެވެ. އަދި މި ހާދިސާއާއި ގުޅުންހުރި ކުޑަކުއްޖާއަކީ 15 އަހަރުގެ ކުއްޖެކެވެ.

Ads by HDC
  1. އައިސް

    ކުޑަކުދިން މާބަދުވޭތަ؟

  2. ލިޔާމީހާ

    ތިބުނާގޮތުން ވިއްޔާ އަހަންނަށްވެސް ދެކުދިން ލިބުނީ ކުޑައިރުގަ ދޯ 18އަހަރު ވީއިރު ދެ ކުދިން ލިބިއްޖެ ގައިމުބޮނޑުނުވާ މީހަކަށް ދަރިއކު ނުލިބޭނެ ކުޑަވެގެން ތި އުޅެނީ އުމުރު ކުދިން ލިބޭތަން އެހެރީ ބޮޑުވެފަ ދެމީހުން އެއްބަސް ވެގެން ތިކަންކޮއްފަ ފިރިހެންމީހާގެ ބޮލަށް ތި ކަޑާލަނީ