ޚަބަރު ސަރުކާރު ސިޔާސީ

އިންތިގާލީ ކޮމިޓީން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަސައްކަތްތަކަށް އެކުލަވާލި ކޮމިޓީން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ވެރިކަން ބަދަލުވުމުގެ މަރުހަލާއާއި ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސިޝަން ކޮމިޓީގެ މެމްބަރުން މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވިސްނުންމަކީ ރައްޔިތުންނަށް އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭ ގޮތަށް ޚިދުމަތް މެދުނުކެނޑި އޮމާންކަމާ އަމާން ކަމާއިއެކު މި މަރުހަލާ ގެންދިއުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވުމުގެ ކުރިން، އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ހޯދުމަށް ވަކިވަކި ކޮމިޓީތައް އެކުލަވާލާފައެވެ.

އަދި މި ކޮމިޓީތަކުގެ މަސައްކަތް މާދަމާއަށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އިންގާލީ މަރުހަލާގެ އިސްވެރިޔާ، ޑިރެކްޓަރު އޮފް ޓްރާންސިޝަން އަބްދުއްރަހީމް  ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!