Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އިންތިޤާލީ ދުވަސްވަރެއްގައި ލިޔެކިޔުންތައް ނައްތާލުމަކީ ޝައްކު ކުރެވޭނެ ކަމެއް: ޒައިދު

އިންތިޤާލީ ދުވަސްވަރެއްގައި ލިޔެކިޔުންތައް ނައްތާލުމަކީ ޝައްކު ކުރެވޭނެ ކަމެއް: ޒައިދު

އިންތިގާލީ ދުވަސްވަރެއްގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ލިޔެކިޔުންތައް ނައްތާލުމަކީ ޝައްކުގެ ނަޒަރުން ބެލޭނެ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ސަރުކާރުގެ ތެޔޮ ކުންފުނި، އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލައެއް ފެންމަތިވެފައިވާތީ އެކަމަށް އިޝާރަތްކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޒައިދު ވިދާޅުވީ އިންތިޤާލީ ދުވަސްވަރެއްގައި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ބާރު ހިނގާ އެއްވެސް އިދާރާއަކުން ލިޔެކިޔުންތައް ނައްތާލުމަކީ އެބަޔަކާމެދު ޝައްކުގެ ނަޒަރުން ބެލޭނެ ކަމެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

ހަމަ އެހެންމެ ސިއްރުކުރުމާއި ވަންހަނާ ކުރުމުގެ ޠަބީޢަތް އޮންނާނީ ކަރަޕްޝަނާއި ފަސާދަ، ވައްކަމާއި ޚިޔާނާތް ފަދަ ކަންކަމުގައި ކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއިން ފެންނަގޮތުގައި އެފްއެސްއެމްގެ ލިޔެ ކިޔުންތައް ނައްތާލަމުން ދިޔައީ ކޮންކްރީޓް ގަށާ މެޝިނަކަށް އެޅުމަށްފަހުއެވެ. އަދި މި މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމާއެކު އެފްއެސްއެމް އިން ބުނީ ނައްތާލާފައި ވަނީ ބޭނުމެއް ނުހިފޭ ގިނަ ދުވަސްވެފައިވާ ލިޔުންތަކެއް ކަމަށެވެ.

ނަމަވެސް މި ވީޑިއޯ އާންމުވުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ދައުލަތުގެ ލިޔެކިޔުން ނައްތައިލުން ފަދަ އަމަލުތަކަކީ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް