Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

މި ސީޒަނުގައި އަންނަ ފުރަތަމަ ކްރޫޒް ލައިނާއިން މާލެއަށް ފަތުރުވެރިން ބޭލޭނެ ގޮތެއް ނެތް!

މި ސީޒަނުގައި އަންނަ ފުރަތަމަ ކްރޫޒް ލައިނާއިން މާލެއަށް ފަތުރުވެރިން ބޭލޭނެ ގޮތެއް ނެތް!

ޕީކް ސީޒަން ފެށިގެން އަންނައިރު، މި ސީޒަނުގައި ރާއްޖެ އަންނަ ފުރަތަމަ ކްރޫޒް ލައިނާއިން މާލެއަށް ފަތުރުވެރިން ބޭލޭނެ ގޮތެއް ނެތްކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންސީ (މާޔާ) އިން ފާޅުކޮށްފިއެވެ.

3000 ފަތުރުވެރިންނާއި 800 ފަޅުވެރިންނާއެކު މާލެއަށް ދަތުރުކުރަމުން އަންނަ "އައިޑާ ބެލާ" ކްރޫޒް ލައިނާ މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގައެވެ.

ކްރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިން ބޭލުމަށް ވަގުތީގޮތުން ހަމަޖައްސާފައިވާ ރަސްމީ ފާލަން ސަރަޙައްދު މި ދުވަސްވަރު ދެވެން ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވަނީ މާޔާ އަށް އަންގާފައެވެ.

Advertisement
Ooredoo — Square (box)

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން ސަލާމަތީ ރައްކާތެރިކަމަށްޓަކައި އެ ހުއްދަ ނުލިބިދާނެކަން ޤަބޫލުކުރާކަމަށް މާޔާގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ހުއްދަ ނުލިބުމުގެ ސަބަބުން ކަންބޮޑުވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ "އައިޑާ ބެލާ" ކްރޫޒް ލައިނާ އަންނަނީ ނޮވެންބަރު 6 އަދި 7 ވަނަ ދުވަހު މާލޭގައި މަޑުކޮށްލަންކަމަށާއި ރަސްމީ ފާލަން ސަރަހައްދު ބޭނުންވާނީ އެންމެ 2 ދުވަހަށް ކަމަށެވެ. އަދި މިވަގުތު މާލޭގައި އެތައްސަތޭކަ ފަތުރުވެރިން ބާލާނެ އެހެން ސަރަހައްދެއް ނެތްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ސަރުކާރުން މި ދެ ދުވަހަށް ކޮންމެވެސް ކަހަލަ އެރޭންޖްމަންޓެއް ހައްދަވައިދެއްވުމަށް ވަރަށް ބޮޑަށް އެދެން. އެ ނޫން ސަރަޙައްދެއް ނެތް މާލެއަށް ޓޫރިސްޓުން ބޭލޭނެ" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ރަސްމީ ފާލަން ސަރަޙައްދުން ފަތުރުވެރިން ބޭލުން މަނާކޮށް، މަސްވެރިންގެ ޕާކް ސަރަޙައްދުން ފަތުރުވެރިން ބޭލޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ. ނަމަވެސް މާޔާ އިން ވަނީ އެ ސަރަހައްދު ރައްކާތެރިނޫންކަމަށް ބުނެފައެވެ. އެއަށްފަހު ރަސްމީ ފާލަން ސަރަޙައްދަށް ފަތުރުވެރިން ބޭލުމުގެ ހުއްދަ ދީފައިވަނީ މިސަރުކާރުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް