Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އެއްވެސް އިރަކު ރައީސް ނަޝީދަށް އިތުބާރެއް ނުކުރަން: ރައީސް ޞާލިޙް 

އެއްވެސް އިރަކު ރައީސް ނަޝީދަށް އިތުބާރެއް ނުކުރަން: ރައީސް ޞާލިޙް 

އަދުގެ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ އެއްވެސް މެންބަރަކު، އެއްވެސް އިރެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އިތުބާރު ނުކުރައްވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރުމަށް ފާސްކޮށްފައެވެ. އަދި ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް އަލުން މަސައްކަތް ފެށީވެސް އިތުބާރު ނެތުމުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އެހެންވީމާ އެ ގޮތަށް އެމްޑީޕީން ކުރިއަށްދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވާފައެވެ.

އެގޮތުން އެމްޑީޕީން އެއް ހަފްތާގައި އެމަނިކުފާނަށް އިތުބާރު އޮތިއްޔާ، އަނެއް ހަފްތާގައި އިތުބާރު ނޯންނަކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންނަށް ރައީސް ނަޝީދު ވަނީ ނުސީދާ ރައްދެއް ދެއްވައިފައެވެ.

މިކަމަށް އިޝާރާތްކުރައްވައި ރައްދު ދެއްވަމުން ރައީސް ޞާލިޙް ވަނީ އިތުބާރުކުރާކަމަށް ބުނެ މައްސަލަ މަޑުޖައްސައިލަން ޖެހުނީ ވަގުތާއި ހާލަތުގެ ގޮތުންކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި އެހެން ބޮޑު ހަަލަބޮލިކަމެއްގެ ތެރެއަށް ދާން މަގުފަހިވާ އެއްވެސް ކަމެއް އެ ދުވަސްވަރު ކުރައްވަން އެ މަނިކުފާނުވެސް ބޭނުންފުޅުވެވަޑައި ނުގެންނެވީކަމަށާއި، އެއީ ޕީޖީ މެދުވެރިކޮށް އެ މަސައްކަތް މަޑުޖައްސައިލެއްވި ސަބަބުކަމަށް ވިދާޅުވިއެވެ. އަދި އެއީ ވަގުތީގޮތުން ކުރެއްވިކަމެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"އެ ވަގުތު ބޭނުންނުވާތީ ވަގުތީ ގޮތުން ކުރިކަމެއް. އެއިރަކު ވެސް އިތުބާރު އޮވެގެންނެއް ނޫން. ކަންތައްތައް ކުރަމުންދިޔަ ގޮތް އެއްގޮތަކަށް ވެސް މަޖިލިސް މެމްބަރުންނަކަށް ކަމަކުނުދޭ. އެހެންވީމާ އެ ކަން ކުރިއަށްގެންދާ ގޮތަށް އެއިރު ވެސް އޮތީ" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު އެމްޑީޕީން ވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް