Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެ ޑޯޒް ޖަހައިފައިވާ މީހުން ރަށްރަށަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެ !

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ، ކަރަންޓީން ވާން ނުޖެހި ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖައްސަވައި، 14 ދުވަސް ވެފައިވާ ފަރާތްތަކުން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށަށް ނައްސި ޕީސީއާރް ޓެސްޓަކާ އެކު ދަތުރުކުރެވޭނެ ކަމަށެވެ.

“މޮނިޓަރިންގަ ހުރި ރަށްތައް ފިޔަވާ އެހެން ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ވެފައިވާ ފަރާތްތަކަށް ދަތުރު ކުރެވޭނެ. އެހެން ނަމަވެސް މޮނިޓަރިންގައި ހުރި ރަށްރަށަށް މާލެއިން ދަތުރުކުރަންޏާ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ” މަބްރޫކް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް މިހާރު އިއުލާންކޮށްފައިވާ އިރު އޭގެ ތެރޭގައި ކަރަންޓީންވުމަކާ ނުލައި ދެކުނު އޭޝިއާގެ ޤައުމުތަކުން ރިސޯޓްތަކަށް އެތެރެވުމުގެ ހުއްދަ ދިނުމާއި، މާލެ ސަރަޙައްދުގައި ހިނގަމުން އައި ކާފިއު ވަގުތު އުވައިލުމާއި، ރޭގަނޑު 11:30 ވަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުން ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް