ހުޅުމާލޭ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާ ވެއްޖެ

ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު ނިޔާ ވެއްޖެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ނިޔާވެފައި ވަނީ ގާތްގަނޑަކަށް 60 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ ފަތިސް ނަމާށް ހުއްޓައި ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެއެވެ.
މީގެ އިތުރުން އޭނާއާ އެކު އޭނާގެ އަންހެނުން ވެސް އެ ތަނުގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
މިއަދު މަރުވި މީހާއާ އެކު ކޮވިޑް19ގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 28 އަރާފަ އެވެ.