Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ބޯޑަށް އެޖެންޑާކޮށްފައިވާ ބިންތަކާ ގުޅޭ މުއާމަލާތްތަކަކީ އަލަށް ފަށާ ކަންކަމެއް ނޫން: އާބަންކޯ

ބޯޑަށް އެޖެންޑާކޮށްފައިވާ ބިންތަކާ ގުޅޭ  މުއާމަލާތްތަކަކީ އަލަށް ފަށާ ކަންކަމެއް ނޫން: އާބަންކޯ

އާބަންކޯގެ ބޯޑަށް އެޖެންޑާކޮށްފައިވާ ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކަކީ އަލަށް ފަށާ ކަންކަން ނޫން ކަމަށާއި އެއީ ކުރީއްސުރެ ހުށަހެޅި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ނިމި ބޯޑުގެ ރުހުމާ ހަމައަށް މަސައްކަތް ކުރެވިފައިވާ ކަންކަން ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނެފައި ވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންތިޚާބީ ރައީސްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

އެގޮތުން މިކަމަށް އިޝާރާތްކޮށް އާބަންކޯ އިން ބުނީ، އިންތިގާލީ ކޮމިޓީން އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކޮށް އެދުނު ހުރިހާ މައުލޫމާތެއް އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދީފައި ވާނެ ކަމަށާއި އިންތިގާލީ ކޮމިޓީން ބޭނުންވާ އިތުރު މައުލޫމާތެއް ހުރިނަމަ އެ މައުލޫމާތުތައްވެސް ހިއްސާކުރާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އިންތިޚާބީ ރައީސްގެ އޮފީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޝާއިއު ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް