ޚަބަރު ސިޔާސީ

ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ޤައުމީ ޖިހާދެއް: މަލީހް 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޔާމީން އަބްދުލް ޤައްޔޫމް ކުރައްވަމުން ގެންދަވަނީ ޤައުމީ ޖިހާދެއް ކަމަށް  ޕީޕީއެމް/ޕިއެންސީގެ ޕާޓީގެ ސެނެޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަލީހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީށް ޔާމީން ކުރައްވަނީ ޤައުމީ ޖިހާދެއް ކަމަށާއި އެހެން ލީޑަރުންނާއި އެމަނިކުފާނާއި ހުރި ތަފާތަކީ ޤައުމުގެ ކަންކަމަށް އިސްކަންދީގެން ކުރައްވަމުންގެންދަވާތީ ކަމަށެވެ.

" ރައީސް ޔާމީން އެ ކުރައްވަނީ ޤައުމީ ޖިހާދެއް. އެހެން ހުރިހާ ސިޔާސީ ލީޑަރުންނާއި އެމަނިކުފާނާއި ހުރި ތަފާތަކީ ނޭޝަން ފަސްޓް. ކުރިޔަށް" މަލީހް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މިދިޔަ މަހުގެ 29 ވަނަ ދުވަހު އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލުކޮށްފައެވެ. މި ލުއި އެމަނިކުފާނަށް ދެއްވާފައިވަނީ ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަފުޅުދެއްކެވުމުންނެވެ.

ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރެއްވުމާއި ގުޅިގެން އެމަނިކުފާނު އަންނަނީ ޕާޓީގެ ބައެއް ހަރަކާތްތަކުގައި މިހާރު ބައިވެރިވެވަޑައިގަންނަވަމުންނެވެ.

Ads by Allied Insurance
  1. އިއްބެ

    ދުވާލަކުޕާޓީއަކަށްސޮއިކޮށްބާކީވެގެންދުވާމީހުންއަބަދުވެސްވަޔަށްއުޅެމުންތިޔަކަހަލަމޮޔަގޮވާނެ

  2. އަޒްރާ

    ގައުމީ މަސައްކަތުގަ ޖަމީލުއާއި މަލީހުއާ އުޅުނު އިރު މަވެސް ދެކުނިން ރ ޔާމީންގެ ވެރިކަމުގަ އުޅެ ޮޑާހާކާފަ ކޮންމެ ސަރުކާރެއްގަވެސް ވަޒީރުކަން ލިބޭތޯ