ޚަބަރު ސަރުކާރު

ވޭތުވެދިޔަ 5 އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓަށްވުރެ ކުރި ޚަރަދު ބޮޑު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ވޭވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމް (އާސަންދަ) އަށް ކަނޑައެޅި ބަޖެޓަށްވުރެ، ކުުރި ޚަރަދު ބޮޑުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައި، މި އަހަރު އާސަންދައަށް ކުރި ޚަރަދު 2.3 މިލިއަނަށް އަރާނެކަމަށް ބެލެވެއެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ 1.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މިއީ ރެކޯޑު އަދަދަކަށް އާސަންދައިގެ ޚަރަދުތައް އިތުރުވި އަހަރެއްވެސްމެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.9 މިލިއަން ރުފިޔާއެވެ. ނަމަވެސް އާސަންދައަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުން ސަޕްލިމެންޓަރީ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އެހެނީ އެ ޚަރަދުތައް ކުޑަނުކޮށްފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް ބޮޑުވުމުގެ ފުރުޞަތު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އާސަންދައަށް އެންމެ ބޮޑު ހޭދައެއް ކުރީ 2022 ވަނަ އަހަރުކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އާސަންދައަށް ކުރި ޚަރަދު، ކަނޑައެޅިފައިވާ ބަޖެޓައްވުރެ 20 އިންސައްތަ ބޮޑުވެފައިވާމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!