ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވަޢުދުތައް ފުއްދުމުގެ މަސައްކަތް ފަށްޓަވާނެ: އަދުރޭ
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމުގެ މަސައްކަތްތައް ފަށްޓަވާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ސިޔާސަތުތަކާއި ގުޅޭގޮތުން ގެނެސްދޭ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ޑރ. މުޢިއްޒު ހުވާކުރުމާއެކު ޖެހިގެން އަންނަ ދުވަހު މަސައްކަތް ފެށޭ ވަރަށް ތިބީ ތައްޔާރަށް ކަމަށާއި ޑރ. މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ޕްލޭންތައް ހެދުމުގައި ދުވަސްތައް ބޭކާރު ނުކުރާނެ ސަރުކާރަކަށް ކަމަށެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމުގެ މަސައްކަތްތައް ފަށްޓަވާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ހަމަ އެހެންމެ ޑރ. މުޢިއްޒުއަކީ ދުރާލާ ކަން ކަމަށް ތައްޔާރުވެގެން މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް އަދުރޭ ވަނީ ފާހަގަކުރައްވައިފައެވެ.
މިގޮތުން ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ޤައުމުގެ ހާލަތު ދެނެގަނެ އެކަން ހައްލު ކުރުމަށް ފުރިހަމައަށް ތައްޔާރުވެ ވަޑައިގެން ކަމަށް އަދުރޭ ވަނީ ފާހަގަކުރައްވައިފައެވެ.
ޑރ. މުޢިއްޒުގެ ސަރުކާރުން 100 ދުވަހުގެ ޕްލޭނެއް އެކުލަވާލާ އެއަށް މަސައްކަތް ކުރަން ފަށްޓަވާނެ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ ފެންނަން ފަށާނެ ކަމަށާއި ވަޢުދު ފުއްދަން ދައުރު ދެބައިވަންދެން ނުހުންނާނެ ކަމަށެވެ.
ޑރ ނުއީޒުގެ ސަރުކާރު ވެގެންދާނީ ހުރިހާ ދިވެހިން އުފާވާ ދިވެހިރައްޔިތުންނަށް އަޅާލާ އޯގާތެރި ރައްޔިތުން ދެކެ ލޯބިވާ ދިވެހިންގެ ދިިރިއުޅުން ކުރިއަރުވާ ތަނަވަސް އުފާފާގަތި ދިރިއުޅުމަކަށް މަގުފަހިވާ ސަރުކާރަކަށް ﷲ ގެ ވާޤިފުޅާއި އެކު !
ވަރައްރަގަޅު ކޮމެންޓެއް. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރުއްވާށި. އާމީން!