ޚަބަރު

ފަލަސްތީނަށް އެހީވުމަށް ކޭކް ޑޯނާސްއިން 5 ލައްކަ ރުފިޔާ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކޭކް ޑޯނާސްއިން ބޭއްވި ދެ ހަރަކާތަކުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާ އެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ހަވާލުކޮށްފިއެވެ.

Ads by MWSC

ކޭކް ޑޯނާސްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަލަސްތީން ރައްޔިތުންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމަށް ހިނުނު ފަންޑް ރެއިޒިންގ 2 އިވެންޓުން ޖުމްލަ 596,567.50 ރުފިޔާ އަދި 582 ޑޮލަރު ލިބިފައިވާ ކަމަށާއި އެ ފައިސާ އެއިޑް ޕާޓްނަރ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ކޭކް ޑޯނާސްއިން ބުނީ އޮކްޓޯބަރު 28 އިން އޮކްޓޯބަރު 31 ގައި ހުޅުމާލޭގައި އާބަންކޯ މައި ހުޅުމާލެ އާއި ހެދުނު ޕާޓްނަޝިޕްގެ ދަޝުން ކުރިޔަށް ގެންދެވުނު ދެވަނަ އިވެންޓުގައި ލިބުނު ފަންޑުގެ ޖުމްލާ އަދަކީ 246295.25 ރުފިޔާ އަދި 162 ޑޮލަރު ކަމަށެވެ.

އަދި އޮކްޓޯބަރު 17 ގައި މުޅި މާލެ އަދި ހުޅުމާލޭގައި ކުރިޔަށް ގެންދިޔާ އިވެންޓްގައި ލިބުނު ފަންޑްގެ ޖުމްލަ އަދަދަކީ 347271.25 ރުފިޔާ އާއި 365 ޑޮލަރު އަދި 55 ޔޫރޯ ކަމަށް ބުންޏެވެ.

މި ދެ އިވެންޓުގެ ކާމިޔާބީ އަކީ މާތް الله ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޕަލަސްތީނުގެ ރައްޔިތުންނަށްޓަކައި ލައްވާފައިވާ ވަރުގަދަ ލޯތްބާއި ހީވާގި ޓީމުތަކުގެ މިންނެތް މަސައްކަތާއި ދީލަތި އެހީތެރިންގެ އެކުވެރިކަމާއި ބަދަހި ކަމުގެ ނަތީޖާ ކަމަށް ވެސް ކޭކް ޑޮނާސްއިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!