ޚަބަރު ސިޔާސީ

މި ސަރުކާރުގެ ވެރިން ބާރުގައި ދެމިތިބެން ކޮށްފައިވަނީ ކުރަން ހެޔޮވާވަރު ކަންކަމެއް ނޫން: ނިމާލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ނިމިގެންދާ ސަރުކާރުން، ބާރުގައި ދެމި ތިބުމަށް ކޮށްފައިވަނީ، ކުރަން ހެޔޮވާވަރު ކަންކަމެއް ނޫން ކަމަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިމާލު މިހެން ވިދާޅުވެފައި ވަނީ، ސަންގު ޓީވީން ގެނެސްދޭ "2023ގެ ރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކުގެ ބައެއް ރިޕޯޓުތައް އޭނާއަށް ފެނިވަޑައިގެންފައިވާ ކަމަށާއި، ފެނިގެން ދިޔައީ ފިތްކަނޑައިގެންދާ ވަރުގެ މަންޒަރުތަކެއް ކަމަށެވެ.

"މިއީ އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ނޫން، މިއީ މުޅި ޤައުމުގެ އާބާދީ، މުޅި ޤައުމުގެ ހުރިހައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަންތައްތައް. އެހެންވީމަ، ވެރިކަމުގައި ދެމިތިބުމަށްޓަކާ، ދަޢުލަތުގެ މާލިއްޔަތުން އިންތިހާއަށް، ނޫނިއްޔާމު، ނުކިއްސަރު އެތައް ބައިވަރު ކަންތައްތަކެއް ކުރުމުގެ ސަބަބުން، މިއޮތީ މުޅި ތަންތަން، އިންސްޓިޓިއުޝަންތައް، މުއައްސަސާތައް މިއޮތީ ހަމަ ފުނޑުފުނޑުވެފައި." ނިމާލު ވިދާޅުވިއެވެ.

ނިމާލު ވަނީ ކުރީ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކިހައި މުއްދަތެއް ނަގައިފާނެ ކަމާއިމެދު އޮތް ކަންބޮޑުވުން ވަރަށް ބޮޑު ކަމަށެވެ.

"10 އަހަރަށް މި ވެރިކަން ދެމިގެން ދިޔަނަމަ، އަސްލު ޙަޤީޤަތުގައި، އަޅުގަނޑުމެންނަށް ރާއްޖެ އަނބުރާ ނުހޯދޭ ވަރަށް މިކަންތައްތައް ދިޔައީސް. މިއީކީ ޙަޤީޤަތުގައި، ކަންކަން ކުރަންވާނެ ގޮތެއް ނޫން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ނިމާލު އިތުރަށް ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކަށް މިހާރު ފެންނާނީ މި ސަރުކާރުން ދައްކާ މަންޒަރެއް ކަމަށާއި، އަސްލު ޙަޤީޤީ މަންޒަރު ފެނިގެންދާނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމުން ކަމަށެވެ.

Ads by Ooredoo
  1. މޫސަ

    ޙެޔޮނުވާނެ އިސްލާމުންތޯތިއާ ވެރިކަން ހޯދީ ވެސް ދޮގާމަކަރުން ރަތްޔަތުންނަށް އޮޅުވާލައިގެން ދިވެހިންނަކީ ގުބޯހެއްދޭ ބައެއް އަޅުގަނޑު ސަޕޯޓުކުރަނީ ޕީޕީއެމްއަށް ނިމާލު ތިވަރަށް އޮޅުވާނުލާ

    • ޢަބުދުﷲ

      އަދި ވެސް ނިމާލު ތަ އޮޅުވާލަނީ، ބަލަ ރައްފުށުގައި ތިބޭ ކުންފުނި ތަކުގެ މުއައްޒަފުން ތަނަށް ބޭނުންވާ ތަކެތި ނުލިބި 2 އަހަރު ވެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކިދުމަތް ނުދެވި ކުރާ ޝަކުވާ ތަށް ތިމީހުންނަކަށް ނޭގޭނެ،ފެނަކަ ދަރަނި ހަތަރު ހާސް މިލިޔަނަށް އެރި ދވާހަކަ ދޮގު ކުރިޔަސް އެއި ތެދެއް

  2. ކުރަފަތް

    56% ޕްލަސް ދިވެހިންގެ ހިތްސާފުވާނެ. ގުނބޮލެއް ނުހެއްދޭނެ.