Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ފެނަކަ އިން ފައިސާ ދޭންޖެހިފައި އޮތް 1،149 ކުންފުންޏެއް އެބައޮތް: އިންތިޚާބީ ރައީސްގެ އޮފީސް

ފެނަކަ އިން ފައިސާ ދޭންޖެހިފައި އޮތް 1،149 ކުންފުންޏެއް އެބައޮތް: އިންތިޚާބީ ރައީސްގެ އޮފީސް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފައިސާ ދޭންޖެހިފައި އޮތް 1،149 ކުންފުންޏެއް އެބައޮތް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިކަން ހާމަކުރައްވައިފައި ވަނީ ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކުން އެއްކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ފެނަކަ ކޯޕަރޭޝަނުން ފައިސާ ދޭންޖެހިފައި އޮތް 1،149 ކުންފުންޏެއް އެބައޮތް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ހަމަ އެހެންމެ މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާގެ ދަރަނި ފެނަކަ ކޯޕަރޭޝަނުގައި އެބައޮތް ކަމަށް ފިރުޒުލް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ ތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ފެނަކައިގެ ތަފާތު މަޝްރޫޢުތަކުގައި މަސައްކަތް ކޮށްފައިވާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ލޯނަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 901 މިލިއަން ރުފިޔާ އޮތްކަންވެސް ފިރުޒުލް ވަނީ ފާހަގަކުރައްވައިފައެވެ.

ފެނަކައިގެ ވަޒީފާގައި 2018 ވަނަ އަހަރު 2،756 ފަރާތެއް ތިބިއިރު، މި ވަގުތު އެ ކުންފުނީގައި 8،126 މުވައްޒަފުން އެބަ ތިބިކަން ފާހަގަކުރައްވައި، ފިރުޒުލް ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދިނުމަށް 2018 ވަނަ އަހަރު މަހަކު 23 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު މިހާރު އެ އަދަދު މަހަކު 82 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް