ޚަބަރު ސިޔާސީ

ސައިރިކްސް ޝަރީފް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސައިރިކްސް ކޮލެޖުގެ ވެރިޔާ، އަދި އެމްއެންޕީގެ ނައިބު ރައީސް އަޙްމަދު ޝަރީފް، ވާދަކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

Ads by Hajj Corporation

ޝަރީފް ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ސ.ހުޅުދޫ ދާއިރާގެ ގޮނޑިއާ މެދު ވިސްނަންޖެހޭ ވަގުތު ކައިރިވެއްޖެ ކަމަށެވެ.

އަދި އެ ދާއިރާ ތަމްސީލު ކުރައްވާނެ ފަރާތަކީ ސިޔާސީ ލީޑަރެއްގެ ނުފޫޒުގެ ދަށުވެފައިވާ ފަރާތަކަށް މި ފަހަރު ހަދައިގެން ނުވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ހުޅުދޫގެ ގޮނޑި ހުޅުދޫގެ ރައްޔިތުންގެ ބާރުހިނގާ ގޮނޑި އަކަށް މި ފަހަރު ހަދަންވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި ވޭތުވެދިޔަ 15 އަހަރު ދުވަހު ހުޅުދޫވީ ނިކަމެތި ކަމަށާއި، ވީ ފަޅު ކަމަށާއި، އާބާދީ ވީ ބައިބައި ކަމަށާއި ތިމާވެށިވީ ހަލާކު ކަމަށާއި އެކަމުގެ ޒިންމާ 15 އަހަރު އެ ގޮނޑީގައި ތިއްބެވި މީހުން ނަގަން ޖެހޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަރީފް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލާނެ ކަމަށެވެ. ހުޅުދޫ އަށް ގެންނަން ބޭނުންވާ "އުޖާލާ ޒަމާން" ގެނެވޭނީ ހުޅުދޫ ގޮނޑީގައި ތަޖުރިބާއާއި ތަޢުލީމާއި ހުނަރުވެރި ސަރުކާރު ހިންގާ ގޮތް ދަންނަ މީހަކު ހުރެގެން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި އެހެން މީހުނަށް ފުރުސަތު ދިނުމަށްފަހު ހުޅުދޫގެ ކުރީގެ ގޮނޑި ފުރި މެންބަރުން މި ފަހަރު ތިބެންޖެހޭނީ ކެބިނެޓުގައި ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

Ads by HDC
  1. ސަޅި ބިޓެއް