ޚަބަރު ސިޔާސީ

މޭޔަރު ކަމަށް، އިންތިޚާބީ ރައީީސްގެ ތާއީދު އާޒިމާއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ ޢައިޝަތު އާޒިމާ ޝަކޫރަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވާކަން ހާމަކުރައްވައިފެވެ.

Ads by STELCO

އިންތިޚާބީ ރައީސް ވަނީ، އާޒިމާ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއް، ރީ ޕޯސްޓް ކުރައްވައިފައެވެ. އެކަމާ ގުޅިގެން އާޒިމާ ވަނީ މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވަވައި، އެމަނިކުފާނުގެ ވަޢުދުތައް ފުއްދެވުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކުރިއެރުވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރުގެ ގޮތުގައި އެކަމަނާ މަސައްކަތް ކުރައްވަވާނީ ސަރުކާރާއި ގުޅިގެން ކަމަށާއި، މާލެއަކީ ވެރިރަށް ކަމުގައިވުމާއިއެކު، މާލެ ތަރައްޤީ ކުރެވޭނީ ޤައުމީ ފެންވަރުގެ ނިންމުންތަކާއިއެކުގައި ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދު ވެސް ވާދަ ކުރައްވައެވެ. އޭނާ ވިދާޅުވެފައި ވަނީ، އެ މަޤާމަށް ވާދަ ކުރެއްވުމަށް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

 

ޭ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!