މާލޭ މަގުމަތިން ފެނުނު ކަންޒު ކަހަނބެއް ކާށިދޫ ޗަސްބިމަށް ދޫކޮށްލައިފި

މާލޭގެ މަގުމަތިން ހޮވި ކަންޒު ކަހަނބެއް، އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކ. ކާށިދޫ ޗަސްބިމަށް ދޫކޮށްލައިފިއެވެ.
އީޕީއޭއިން މިއަދު ބުނީ މި ހަފުތާގެ ކުރީކޮޅު މާލޭ މަގުމަތިން މީހަކު ކަންޒު ކަހަނބުއެއް ސަލާމަތްކޮށް އީޕީއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކަންޒު ކަހަނބު ދޫކުރުމަށް ކ.ކާށިދޫ ގިރާ ސަރަޙައްދަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އެސަރަޙައްދަކީ ކަޅު ކަހަނބުގެ އާބާދީ އެންމެ ބޮޑު ސަރަހައްދު ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ވަނީ ހާއްސަކޮށް ކަޅު ކަނޑޫފާ ސަލާމަތްކޮށް ވަގުތީ ގޮތުން ބެލެހެއްޓި އާއިލާއަށާއި، ކާށިދޫއަށް ގެންދިޔުމަށް އެހީތެރިވެދިން ވޭލާ އެކްސްޕްރެސް ސްޕީޑް ބޯޓަށާއި ވޭތުވެދިޔަ އަހަރުތަކުގައި ކަޅު ކަހަނބު ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ކާށިދޫ ކައުންސިލަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.