ޑރ. މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާކުރަންޖެހޭނެ: އެމްޑީޕީ

މިކަމާއި ގުޅިގެން ވަކީލުވަނީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ވަގުތު އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައިކަމަށް ވިދާޅުވެފައެވެ. އަދި އެ މާއްދާގެ މަފްހޫމަކީ އިތުބާރު ގެއްލިފައިވާ ނަމަ މަޖިލީހުން ކުރާ ހުރިހާ މަސައްކަތަކާ މެދު ސުވާލު އުފެދުން ކަމަށާއި އެ އިތުބާރު އަބަދުވެސް އޮންނަން ޖެހޭނެ ކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
"އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ ކަންކަމުގެ ގާނޫނީ ހައިސިއްޔަތާއި ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދުމުގެ ސުވާލު އުފައްދާނެ ޖާގަ އެބައޮތޭ،" އަހްމަދު ވިދާޅުވި އެވެ.
ވަކީލުގެ ވާހަކަފުޅަށް ރައްދުދެއްވަމުން އެ މައްސަލައަށް ތަދައްޙުލްވި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާކާލާތު ކުރެއްވި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ބަޖެޓާއި އިންތިހާބީ ރައީސް ހުވާކުރުމުގެ ކަންކަމަށް ހުރަސް ނޭޅޭނެ ކަމަށާއި އެކަންކަމަށް ހައްލު ލިބެން ޖެހޭނެ ކަމަށެވެ. އަދި ކިތަންމެ ގިނަ މެންބަރުން ސޮއިކުރައްވާފައި އޮތަސްވެސް ވޯޓް އިތުބާރު ނެތްކަމަށް ފާސްނުކުރެވިއްޖެނަމަ، އެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ބާރުތައް ކުރިއަށް ދާނެކަމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ. މައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒްއެވެ.މިމައްސަލައިގައި މިއަދު ބޭއްވި ދެވަނަ އަޑުއެހުމުގައި ވަކާލާތު ކުރަން ބޭނުންވި ހުރިހާ ފަރާތްތަކަކުން ވަކާލާތުކޮށް ފަހުބަސް ވިދާޅުވުމަށް ފުރުސަތު ދިނުމަށްފަހު ގާޒީ މަހާޒް ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް އިއުލާންކުރައްވާފައެވެ.







ކޮމެންޓް