ޚަބަރު

އިސްރާއީލުގެ ޢަމަލުތަކަކީ ޤަތުލުއާންމެއްކަން ސާފުބަހުން ބުނަން ސަރުކާރުން ފަސްޖެހިގެން ނުވާނެ: ދުންޔާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވާހަކަ ދައްކަވަނީ: ދެން އިމޭޖްސް

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތަކަކީ ޤަތުލުއާންމެއްކަން ބުނަން ދިވެހި ސަރުކާރު ފަސްޖެހިގެން ނުވާނެކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

ދުންޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ފަލަސްތީނަށް ނިއުކްލިއަރ ބޮމެއް އެޅުމަށް ގޮވައިލާ، އިޒްރޭލްގެ ހެރިޓޭޖު މިނިސްޓަރު އަމިޗޭ އެލީޔާހޫ ދެއްކި ވާހަކައާއި ގުޅިގެން އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުއްވި ބަޔާނަށް އިޝާރާތްކުރައްވަމުންނެވެ.

އެގޮތުން، ދުންޔާ ވިދާޅުވީ އިސްރާއީލުގެ ޢަމަލުތަކަކީ ހާލަތާ ނުބައްދަލު އަސްކަރީ ބާރު ބޭނުންކުރުމެއް ނޫން ކަމަށާއި އެއީ ޤަތުލުއާންމެއް ކަމަށެވެ.

އަދި އެއީ ޤަތުލުއާންމެއްކަން ސާފު ބަހުން ބުނަން ދިވެހި ސަރުކާރުން ފަސްޖެހިގެން ނުވާނެކަމަށާއި ޣައްޒާގައި ހަމަލާ ބަދަލުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ސަރުކާރުން ގޮވާލަން ޖެހޭކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހުސޭނުބެ

    ކުއްލިއަކަށް މީނަގެ އަނގަ ހާދަ ގަދަވެފަ، މުއިއްޒު ވެއްޖެއެވެ. ވަޒީރުކަން ޔަގީން ވީ ތޯއެވެ؟

  2. އިއްބެ

    ކިތައްފަހަރުބުނީމާތަސަރުކާރުންއެއްޗެއްބުނިކަމަށްމަންޖެޤަބޫލުކުރާނީތިޔައީއަބަދުވެސްފޭލިވާމީހުންދައްކާވާހަކައެއް