ޚަބަރު ސިޔާސީ

އެންސީޓީސީން ފަތުރަނީ ލާދީނީ ފިކުރު: ޝެއިޚު ނިޝާާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ދައުލަތުން ޤާއިމު ކޮށްފައިވާ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އަކީ ލާދީނީ ފިކުރުތައް ރާއްޖޭގައި ފަތުރަން މަސައްކަތް ކުރާ ތަނެއް ކަމަށް ޝެއިޚު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

Ads by MWSC

ނިޝާން މިހެން ވިދާޅުވީ އިޒްރޭލުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ހަމަލާ ދޭން ފެށުމުން، ހަނގުރާމައިގައި ބައިވެރި ވާން ދިވެހީންތަކެއް ދިޔަ ކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެންސީޓީސީގެ ޑައިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވުމާއި ގުޅިގެންނެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް ވިދާޅުވީ ރައްޔިތުން ނުކުމެ އެންމެ ފުރަތަމަ މައިތިރި ކުރަންވީ މި ޤއުމުގައި ތިބި ދިވެހި ޔަހޫދީ ޒަޔަނިސްޓު ބައިގަނޑު ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެބައިމީހުން ދަނީ އިސްލާމް ދީނުގައި ޝަރުޢު ވެފައިވާ މަތިވެރި ޖިހާދަކީ ޓެރަރިޒަމް ކަމަށް ބުނަމުން ކަމަށެވެ.

"މި އެންސީޓީސީ އަކީ ހުޅަނގާއި ޔަހޫދީން ބޭނުންވާ ގޮތަށް، އެމީހުން އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ޒީނަތްތެރިކޮށް، އިސްލާމީ ޝަރީއަތާއި އިސްލާމީ ޖިހާދަކީ ޓެރަރިޒަމް ކަމަށް ކަނޑައަޅައި، އެމްޑީއެންގެ ލާދީނީ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ބައިގަނޑެކެވެ."

މީގެ އިތުރުން އޭނާ ވިދާޅުވަނީ އެންސީޓީސީން ޓެރަރިޒަމް ކަމަށް ބުނެ ހުޅަނގުން ޖެހިހާ ބެރަކަށް ނަށަމުން، މުސްލިމުން ވާ ވައްދަން ކުރި މަސައްކަތް ދެން ކާމިޔާބު ނުވާނެ ކަމަށެވެ.

ހުޅަނގުން ޓެރަރިޒަމް މާނަ ކުރާ ގޮތަކީ ކޮބައިކަން މިއަދު މުޅި ދުނިޔެއަށް ވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Ads by Ooredoo
  1. ޏަމީރާ

    އެއްވަނާގެ ވާހަކައެއް، މިމީހުންގެ ޖީބުފުރާލާފި ޑޮލަރުން، ޒަކަރިއްޔާ މަންސޫރު އަކީ ވެސް ލައްކައިން ޑޮލަރު އެމެރިކާއިން ދީފައި ހުރި މީހެއް، ބޮޑެތި ޚާޢިނުން މިތިބީ އިސްލާމް ދީނަން ޤައްދާރުވެފަ،

  2. ާއާދަމް

    އާދަމްނިޝާންގެ ބަސްފުޅަށް ތާއީދު ކުރަން ދުނިޔޭގައި މިއަދުވެސް އިއްޔެވެސް އޮތް ޓެރަރިސްޓުންނަކީ އެމެރި ކާއާއި ހޮޅަގުގެ ގައުމުތައް އެމީހުންނަށް ސަޕޯޓު ލިބޭ ކޮންމެ ކަމަކާއި ބަހެއްވާނީ ޓެރަރިޒަމްގެ ޢަމަލަކަށް

  3. ތިޔައީ ހަމަ ތެދު އެތާ ތިބެނީވެސް އެމެރިކާ ތަންތަނުން ކިޔަވައިގެން ޔަހޫދީ ފިކުރު ހިފައިގެން އައިސްފައިތިބޭ ބަޔެއް !

  4. ދިވެހި މުއުމިން މުސްލިމުން
    ދިވެހި ޔަހޫދީން
    ދިވެހި ނަސޯރާއިން
    ދިވެހި މުނާފިޤުން
    ދިވެހި މުޝްރިކުން
    ދިވެހި ކާފަރުން