ޚަބަރު ސިޔާސީ

އެމްއެންޕީގެ ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައިވަނީ 06 ނޮވެމްބަރ 2023 އިން 21 ނޮވެމްބަރ 2023 ގެ ނިޔަލަށެވެ.

ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހުޅުދޫ ދާއިރާ (ސައުތު ރީޖަން)، މަރަދޫ ދާއިރާ (ސައުތު ރީޖަން)، ކެންދޫ ދާއިރާ (ނޯރތް ރިޖަން)، ކެންދޫ ދާއިރާ (ނޯރތް ރިޖަން)، ވިމެންސް ވިންގު (އަޕަރ ނޯރތް ރީޖަން)، ވިމެންސް ވިންގު (ސައުތު ސެންޓްރަލް ރީޖަން)، ޔޫތް ވިންގު  (ސެންޓްރަލް ރީޖަން)، ޔޫތް ވިންގު (އަޕަރ ނޯރތް ރީޖަން)، ޔޫތް ވިންގު (މާލެ ރީޖަން)، ޔޫތް ވިންގު (ނޯރތް ރީޖަން، އަދި ސ.މީދޫ ދާއިރާއެވެ.

މި ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާރޑް ކޮޕީ އަދި ވަނަވަރާއިއެކު 21 ނޮވެމްބަރ 2023 ވާ (އަންގާރަ) ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓް ފްލޯރއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް އެ ޕާޓިން ވަނީ އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!