ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ސައިޒަކީ ރައީސް ވަހީދާއި ދާދި އެއްވަރުގެ ސައިޒެއް: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހީފުޅުވަނީ، އެމްޑީޕީގެ ހުރިހައި މެމްބަރުން މަޖިލީހަށް ހޮވިވަޑައިގަތީ، އެމަނިކުފާނުގެ ފޮޓޯ ބޭނުންކުރައްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު، ރައީސް ނަޝީދަށް ފާޑު ވިދާޅުވެ، މިގޮތަށް ވިދާޅުވެފައި ވަނީ ސަންގު ޓީވީން ގެނެސްދިން "ޚަބަރަށްފަހު" ޝޯ ގައި ރޭ ދެއްކެވި ވާހަކައިގައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަށް މަޖިލީހުގެ އިތުބާރު ނެތްއިރު، އެމަނިކުފާނު މަޖިލީހުގެ ރައީސްގެ ނަންބޯޑު ހިއްޕަވައިގެން އެކި އިވެންޓުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންދާ ކަމަށާއި، އެމަނިކުފާނު މިހާރު މަޖިލީހުގެ ރައީސްގެ މަޤާމުގައި އެ ހުންނެވީ ގޮށްމުށުގެ ބާރުގައި ކަމަށެވެ.

"މިއަދު އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ފޮޓޯ ޖަހައިގެން ނޫން ކަން އެއީ. އެމަނިކުފާނުގެ ސައިޒަކީ ރައީސް ޑރ.ވަހީދުގެ ސައިޒާއި ދާދި އެއްވަރުގެ ސައިޒެއް." މަވޯޓާ ވިދާޅުވިއެވެ.

ރައީސް ވަހީދަކީ ފަސް ޕަސެންޓް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމަނިކުފާނަށް އަބަދުވެސް މަލާމާތް ކުރައްވާކަން ފާހަގަކުރައްވައި މަވޯޓާ ވިދާޅުވީ، މިއަދު ރައީސް ނަޝީދުގެ ސިޔާސީ ހަޔާާތް ބަރުބާދުވުމުން، އައު ސަރުކާރުން މޭވާއެއް ލިބޭތޯ އާދޭސް ކުރައްވަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!