ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު، މިހާތަނަށް ޖުމްލަ 7,047 މީހަކަށް ރާއްޖޭގައި ވަނީ އެބަލި ޖެހިފަ އެވެ.
މާލެ އަނެއްކާވެސް ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

މާލެ ސަރަހައްދު އަނެއްކާވެސް ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން ދީފިއެވެ.
ޝަހީދު ވިދާޅުވީ ވަކިވަކި ކަންކަމަށް ބަލައިގެން ކޮންމެ ހަފްތާއަކު ވެސް ސްކޯ ދެމުންދާ ކަމަށާއި ސްކޯގެ ލެވަލް 10 އަށް ވުރެ މަތިވެއްޖެނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށެވެ.
އަދި ޖުމްލަ ސްކޯ 10 އަކަށް ނޭރި ނަމަވެސް އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދުތައް އިތުރުވާނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
"ލޮކްޑައުނަކީ އެންމެ ފަހުން އަޅަން ޖެހޭ ފިޔަވަޅު. މިބަލަނީ ލޮކްޑައުނަކަށް ނުގޮސް ވޭތޯ. ލޮކްޑައުން ކޮށްފިނަމަ އިޤުތިޞާދީ ގެއްލުންތައް އެބަލިބޭ. އަދި ކޮވިޑް ނޫން ބަލިތަކަށް ފަރުވާ ދިނުމަށް ދަތިތައް ކުރިމަތިވޭ. މިހާރު ސްކޯ މިހިރީ ވަރަށް މަތީ އަދަދެއްގައި." ޝަހީދު ވިދާޅުވިއެވެ.
ޝަހީދު އިތުރަށް ވިދާޅުވީ ކޭސްތައް އިތުރުވަމުން އަންނަ މިންވަރަށް ބަލައި، ބަލި މީހުންނަށް ފަރުވާދެވޭނެ އިތުރު އިންތިޒާމްތައް ހަމަޖައްސަމުން ދާކަމަށެވެ. އެގޮތުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ހަމަޖެއްސުމަށް މި ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއިއެކު ވެސް މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.
ކީއްކުރަންް ؟ ވައްކަން ކުރަން ؟!
ލަސްވެއްޖެ މިހާރުވެސް ތިކަންކުރަން ….