ﷲއަށް ހަމްދުހުރި، މިއަދު އިތުރު 142 މީހަކު ބަލިން ރަނގަޅު ވެއްޖެ
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 142 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާއި އެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4439 އަށް އަރާފައެވެ.
މިއަދު ރާއްޖެ އިން އިތުރު 135 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 109 ދިވެހީންނާއި ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާގެ 8 މީހަކާއި މިސްރުގެ ދެ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7047 އަށް އަރައިފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2،580 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ
Ads by Allied Insurance