މީހަކު ފައްސިވުން ގއ. ވިލިނގިލި މޮނީޓަރިންގެ ހާލަތަށް

ކޮވިޑް-19 އަށް މީހަކު ފައްސިވުމުން ގއ. ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ވިލިނގިލިން ކޮވިޑަށް ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.
މިއީ ވިލިނގިލިން މީހަކު ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ.
ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނައިރު މިހާރު ރާއްޖޭގެ 32 ރަށެއްގައި ކޮވިޑްގެ އެކްޓިވް ކޭސްތައް ވަނީ ފެނިފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ދިހަ ރިސޯޓަކުން ނުވަ ފަތުރުވެރިޔަކާއި 23 ސްޓާފަކު ވެސް ކޮވިޑަށް ފައްސިވެފައިވެއެވެ.

Ads by HDC