ޚަބަރު

ކެބިނެޓް އާއި ކުންފުނިތަކާއެކު މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭނީ އައު ސަރުކާރުގައި: ޑރ. މުޢިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުވެގެންދާނީ ކެބިނެޓާއި ކުންފުނިތައް އެއްކޮށްގެން ބަލާލާއިރުގައިވެސް މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ސަރުކާރަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޓީވީއެމްއިން ކުރިއަށްގެންދިޔަ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭންތަކުގައި ވިދާޅުވިގޮތަށް ބޭނުންފުޅުވަނީ ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ފުރުޞަތުދެއްވައިގެން ސަރުކާރު ހިންގަވަން ކަމަށާއި އެމަނިކުފާނުގެ ސަރުކާރު ހިންގެވުމުގައި އިސް ސަފުގައި އަންހެން ކަނބަލުން ފެނިވަޑައިގަންނަވާނެކަމަށެވެ.

އެގޮތުން، މިއަދާ ހަމައަށް އައިއިރުގައިވެސް ކެބިނެޓާއި އަދި ކުންފުނިތަކަށް ބެލިނަމަވެސް، އަންހެން ބޭފުޅުން ނިސްބަތުން ވަރަށް މަދުކަމަށް ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެކުލަވާލައްވާ އިސް ޓީމުގައި މިހާރުވެސް 6 އަންހެން ބޭފުޅަކު ބައިވެރިކުރައްވަން ނިންމަވާފައިވާކަމަށެވެ.

އެއީ ސަރުކާރު ހިއްޞާވާ މުހިންމު 6 ކުންފުންޏަކަށް އައްޔަންކުރެވޭ އަންހެން ބޭފުޅުންކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ. އަދި އެބޭފުޅުންނަކީ ދާއިރާއިން ފުރިހަމައަށް ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ހިންގުންތެރި ޤާބިލު ބޭފުޅުންތަކެއްކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ކެބިނެޓުގައިވެސް އަންހެން ބޭފުޅުން ހިމެނޭނެ، ދެން މުޅި ކެބިނެޓުގެ ނިސްބަތުން އެހާ ގިނަ ނުވިޔަސް ކެބިނެޓާއި ކުންފުނިތަކާއި އެއްކޮއްލާ އިރުގައި މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭޖްމަންޓްކަަމށް އަޅުގަނޑަށް ޤަބޫލުކުރެވެނީ" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"މިއިން ކޮންމެ ބޭފުޅަކީ އަޅުގަނޑަށް އެބޭފުޅުންނާމެދު ފުރިހަމަ ޔަޤީންކަން އޮތް ބޭފުޅުން... އަޅުގަނޑު ބޭނުން އަޅުގަނޑުގެ ސަރުކާރަކީ ސާފު ސަރުކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަޤީޤަތުގައިވެސް ނޫނެކޭ ބުނާނެ މި ސަރުކާރުން، ކެބިނެޓުގެ މެންބަރެއްވިޔަސް، އެމްޑީއެއްވިޔަސް ފުރުޞަތެއް ނުދެއްވާނެކަން. އަޅުގަނޑަށް ޔަޤީން އަޅުގަނޑު ނަގާފަ މިތިބަ އެއްވެސް ބޭފުޅަކު ކޮރަޕްޝަނަކަށް ފުރުޞަތެއް ނުދެއްވާނެކަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ، ސާފު ދެފުއް ފެންނަ ހިންގުންތެރި ސަރުކާރަކަށް ކަމަށާއި، ނަތީޖާ ނެރެދެވޭ ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާ ސަރުކާރަކަށް ވާނެކަމަށާއި އެމަނިކުފާނުގެ ކެބިނެޓުގައި ބަންޑާރަނައިބާ އެކު، 22 ވުޒާރާ ހުންނާނެކަމަށެވެ.

  1. އެހެންތޭ

    ދުނިޔެ އަށް އިންސާނުން ލައްވަވާފައިވަނީ ނަސްލު ތަފާތު ކޮށްގެން ވާހަކަ ދައްކަން ނޫނޭ ތިޔާއީ މުޝްރިކުން އަރުވައިގެން އުޅޭ އަޑުތަކޭ އަންހެނުންނަށް ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުން ނަށް ލައިގެން އެމެން ބެބޫ ހައްދައިގެން އުޅުނަސް އަދި އެއް ގައުމެއް ނުހިނގާނެއޭ ވަޒީފާ އަކަށް މީހަކު ނަގާއިރު ބަލާ އެމީހާ އަދާކުރާ ވަޒީފާ އާއި ގުޅޭ ގޮތުން ކިޔަވާ ތަޖްރިބާ ލިބިފައިވޭތޯ އެކަމަކު މުއިއްޒު މީހުން ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުންނަށްލާ އިރު މިކަންކަން ނުބަލާދޯ ދެން 4 އަހަރު ވަންދެން ވޮށިފިލާ ޖަހާނީ ވޮށި ފިލާ ޖެހުމުގައި ކުރާނީ ދެން ކަނޑުކޮސް ކަންކަން އެއީ ވަރަށް ބޮޑަށް ޚަރަދުބޮޑުވެ ސަރުކާރުގެ ކުންފުނި ތައް ފޫދާނެ ކަމެކޭ…

  2. ކަނބަލުން މިއުޅެނީ ގޭ ނުބެލެހެއްޓިގެން އުޅޭއިރު ތިހާ ގިނަ ކަނބަލުން ގެއިން ބޭރުގައި އުޅެގެން ކަމުދާނެބާ، މިޤައުމުގެ އެތަކެއް ނަރުހުން ޓީޗަރުން ސިވިލް ސާވެންޓު ކަބަލުން ގެއިން ބޭރުގައި ވަގުތު ހޭދަކުރަން ޖެހި އާއިލީ ނިޒާމް ބޮއްސުން ލާފައިވާކަން ފާހަގަކުރެވޭ، ދަރިންނަށް އާއިލާޔަށް ވަގުތު ނުދެވޭ !

  3. ނުކުރެވޭނެއޭ

    ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި އެބަޖެހޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ވަކި މިނިސްޓްރީ އެއް އުފައްދަން އުފައްދާ ހެދުމަށް ފަހު އެމެން އަވަަހަށް ޑިޕޯރޓް ކުރަން ފަށަން އެމެންގެ ހުރިހާ މައުލޫމާތެއް ހުންނާނެއޭ އިމިގްރޭޝަން ގައި ސަބަބަކީ އެމެން ރާއްޖެ އެތެރެވާއިރު އެމެންގެ ހަތަރެސް ފައިން ފިންގަރ ޕްރިންޓް ނަގައިގެންނޭ އެމެން ރާއްޖެ އެތެރެވަނީ އެމެން އެތެރެވާ ގޮތަށް ޕާރސްޕޯރޓް އުކާލައޭ ބުނަނީ ދޮގެކޭ އެއީ ވަގުން މިނިސްޓަރުންނަށް ލުމުން ވާނެ ގޮތަކީ އެވަރު ވާނީ މުއިއްޒުގެ ވެރިކަމުގައި ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރަށަށް ފޮނުވާލަން ވުމުން މަމެން ހުވައޭ މަމެންނާއި އެކަން ހަވާލު ކުރާތާ ތިން މަސް ތެރޭ އެހުރިހާ މީހުން ފޮނުވާލާނަމޭ އަދި ރާއްޖެތެރޭ އެއްވެސް ރަށެއްގައި އަދި އެއްވެސް ރިސޯރޓެއް ގައި ވެސް އެމެންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދާނަމޭ މިކަން ކުރާނީ ސީދާ ސިފައިންނާއި މިކަން ހަވާލު ކޮށްގެންނޭ މުއިއްޒު އަށް މިކަން ނުކުރެވޭނެއޭ މަމެން ހުވައޭ މިކަން މުއިއްޒު އަށް ނުކުރެވޭނެއޭ އެއަށްވުރެން ރަނޑު މީހެކޭ މުއިއްޒު އެއީ މުއިއްޒު އެއީ އަންހެނެކޭ އޭނާ އަށް ފިރިހެންވަންތަ ކަންކަން ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ