ޚަބަރު

ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އިޙްތިރާމް އަލުން އަނބުރާ ލިބިފައިވާ ޤައުމަކަށް ހަދަންޖެހޭ: ދުންޔާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވާހަކަ ދައްކަވަނީ: ދެން އިމޭޖްސް

ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އިޙްތިރާމް އަލުން އަނބުރާ ލިބިފައިވާ ޤައުމަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ދުންޔާ ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ދިވެހި ރައްޔިތުންވަނީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައި އަދި ވަރަށް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިކަމަށާއި، ދިވެހިރާއްޖެއަކީ މިހާރު ތަރައްޤީގެ ރާސްތާގައި ތަރައްޤީގެ ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެއްކަމަށެވެ.

އެހެންނަމަވެސް، ދިވެހި ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް އަދިވެސް ވަރަށް ގިނަކަމަށް ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ގާތަށް ދިއުމަށް ރަނގަޅަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

"އެގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އަޅުގަނޑުމެން ހިމާޔަތްކުރަންޖެހޭ، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދާއިރާގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އިޙްތިރާމް އަލުން އަނބުރާ ލިބިފައިވާ ޤައުމަކަށް އެބަ ހަދަންޖެހޭ. އަދި ދިވެހިރާއްޖޭގެ ކަންތައްތައް ނިންމެވުމުގައި ދިވެހި ރައްޔިތުންގެ ކަންތައްތައް ނިންމުމުގައި އަދި ރައްޔިތުންގެ ކުރިއެރުމުގައި ރައްޔިތުންގެ ބާރާއި ރައްޔިތުންގެ ބައިވެރިވުން އަޅުގަނޑުމެން އިތުރަށް ހަރުދަނާކުރަން އެބަޖެހޭ" ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ. މުޢިއްޒުވަނީ މަޖިލީހަށް ނުކުންނަވާ އަންހެން ބޭފުޅުންނަށް އިތުރަށް މަރުޙަބާ ވިދާޅުވެފައިކަމަށްވެސް ދުންޔާ ފާހަގަކުރެއްވިއެވެ.

"ޚާއްސަކޮށް އިޢުލާނުކުރައްވާފައި އެބައޮތް ވިމެން ފޯވާޑް ނުވަތަ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން 20 ޕަސެންޓު އަންހެން ބޭފުޅުން ނެރުއްވާނެކަމަށް. މިއީ ވަރަށް މުހިންމު ފިޔަވަޅެއް. އަލުގަނޑުގެވެސް އެދުމަކީ ވީހާވެސް ގިނަ އަންހެން ބޭފުޅުން އެ ކޯލިޝަން ތެރެއިން ނުކުމެވަޑައިގެން ކާމިޔާބީ ހޯއްދެވުން" ދުންޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ ކަންތައްތަކުގައި އަންހެނުން އަދި ޒުވާނުންގެ ދައުރާއި ޒުވާނުންގެ އަޑު އިތުރަށް ވަރުގަދަކުރަންޖެހޭކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

Ads by HDC
  1. ޖެހޭނެއޭ

    އިންޑިއާ ސިފައިން ނުބޭލޭނެއޭ މަޝްވަރާ ކޮށްގެން މުއިއްޒު އަދި އާވާނެއޭ އިންޑިއާ މީހުންނާއި މަޝްވަރާ ކުރަން އެމެން ކޮޅެއް މެދެއް ނުދައްކާނެއޭ ފުރަތަމަ ކަމަކީ އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ދެއްކުން ކޮންމެހެން ފަސް ކުރަން ނުޖެހޭނެއޭ ފައިސާ ދައްކާ ފަހުގެ ތާވަލް ތަކެއް އެކުލަވާލައިގެން އެއީއޭ ތިޔާ ބުނާ ލޯން ރިސްޓްރަކްޗަރ ކުރުމަކީ މާލެ ސަރަހައްދުގެ ފަޅުތައް ހިއްކާ ބިން ވިއްކާށޭ ހެކްޓަރެއްގެ ބިން 10 މިލިއަން ޑޮލަރަށް ފަޅު އެއްކޮށް ވިއްކާނުލާށޭ އެއީ ގޯހެކޭ އިންޑިއާ ސިފައިން ފުރަތަމަ ހަފްތާ ތެރޭގައި ބޭރުކުރަން ޖެހޭނެއޭ…

  2. ބަލާތި

    މާބޮޑަށް މަޑުގިނީގައި މުއިއްޒު އިންޑިއާ ސިފައިން ބާލަން އުޅޭނަމަ އެކަން ނުވާނެއޭ ސަބަބަކީ ކެނެރީގެ ނަޝީދަކީ އެއީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންގޮސްގެން އޭނާ އިންޑިއާ އިން ސުޕާރީ ނަގައިގެން ކެމްޕެއިން ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހަކަށްވާތީވެ އޭނާ އެދޭތެރެއަށް ބޭނިގަނެގެން އިންޑިއާ ގެ އެހީގައި މަޖްލީހުގެ މެޖޯރިޓީ ނަގާނެއޭ މަޖްލީހުގެ އިންތިޚާބަކީ އެއީ ވޯޓް ވިއްކާ އިންތިޚާބޭ ކަން މިހެން ހުރުމުން މަޖްލީހުގެ އިންތިޚާބުގެކުރިން ނިންމަން ޖެހޭނެއޭ މުއިއްޒު މެން ހީކުރާ ގޮތަށް ނޫނޭ ކަންކަން ރޭވިފައި އޮތީ އިންޑިއާ އެއް ނޫނޭ މީގެ މުގުލުގައިވީ މީގެ މުގުލުގައި ވީ އެމެރިކާ އެމެރިކާ މުގުލުގައިވީ އިނގިރޭސިންނޭ އިނގިރޭސިންގެ ބޭނުމަކީ ރާއްޖެ އަކީ ދެވަނަ ފަލަސްތީނަށް ހެދުމޭ އެއީ އިނގިރޭސިންގެ ބޭނުމަކީ،…

  3. ނުކުރެވޭނެއޭ

    ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި އެބަޖެހޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ވަކި މިނިސްޓްރީ އެއް އުފައްދަން އުފައްދާ ހެދުމަށް ފަހު އެމެން އަވަަހަށް ޑިޕޯރޓް ކުރަން ފަށަން އެމެންގެ ހުރިހާ މައުލޫމާތެއް ހުންނާނެއޭ އިމިގްރޭޝަން ގައި ސަބަބަކީ އެމެން ރާއްޖެ އެތެރެވާއިރު އެމެންގެ ހަތަރެސް ފައިން ފިންގަރ ޕްރިންޓް ނަގައިގެންނޭ އެމެން ރާއްޖެ އެތެރެވަނީ އެމެން އެތެރެވާ ގޮތަށް ޕާރސްޕޯރޓް އުކާލައޭ ބުނަނީ ދޮގެކޭ އެއީ ވަގުން މިނިސްޓަރުންނަށް ލުމުން ވާނެ ގޮތަކީ އެވަރު ވާނީ މުއިއްޒުގެ ވެރިކަމުގައި ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރަށަށް ފޮނުވާލަން ވުމުން މަމެން ހުވައޭ މަމެންނާއި އެކަން ހަވާލު ކުރާތާ ތިން މަސް ތެރޭ އެހުރިހާ މީހުން ފޮނުވާލާނަމޭ އަދި ރާއްޖެތެރޭ އެއްވެސް ރަށެއްގައި އަދި އެއްވެސް ރިސޯރޓެއް ގައި ވެސް އެމެންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދާނަމޭ މިކަން ކުރާނީ ސީދާ ސިފައިންނާއި މިކަން ހަވާލު ކޮށްގެންނޭ މުއިއްޒު އަށް މިކަން ނުކުރެވޭނެއޭ މަމެން ހުވައޭ މިކަން މުއިއްޒު އަށް ނުކުރެވޭނެއޭ އެއަށްވުރެން ރަނޑު މީހެކޭ މުއިއްޒު އެއީ މުއިއްޒު އެއީ އަންހެނެކޭ އޭނާ އަށް ފިރިހެންވަންތަ ކަންކަން ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ ނުުކުރެވޭނެއޭ

  4. އަލިހޮއްކޮ

    ފޮރިންގ މިނިސްޓަރަކަށް އޮތީ އެހެން ނަމެކެވެ. ތިޔަ ކުރަނީ ބޭކާރު މަސައްކަތެކެވެ. މުއިއްޒުގެ ބޮލަކަށް ނޭރޭނެއެވެ..

  5. އަންދުބޭ

    ބަލަ ތިބޭޅާގެ ފޮރިން މިނިސްޓަރުކަމުގަ ނޫންތޯ މުޅި ދުނިޔެ ކުރިމަތީ ރާއްޖެ އަގުވައްޓާލައި، ކަކޫ ޖެއްސުވީ.