Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅައިފައިވާ ފިޔަވަޅުތައް ރަނގަޅު: ނައިބު ރައީސް

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅައިފައިވާ ފިޔަވަޅުތައް ރަނގަޅު: ނައިބު ރައީސް

ކޮވިޑް-19އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަޅައިފައިވާ ފިޔަވަޅުތައް ރަނގަޅުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވާ، އެތަނުގައި މަސައްކަތް ކުރާ އޮފިޝަލުންނާ ބައްދަލު ކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ، އެ ސެންޓަރުން ވަނީ ރާއްޖޭގެ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ތަފާސް ހިސާބުތައް އެމަނިކުފާނަށް ތަފްސީލްކޮށް ކިޔައިދީފައި ކަމަށެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކޮވިޑާ ގުޅިގެން ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލި މީހުން މަދު ކަމަށާއި، މި ބަލި ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ނަމަވެސް އަޅައިފައިވާ ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުކަށި ކުރަން ފެނިވަޑައިގަންނަވާ ކަމުގައި ވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ބައްލަވައި އެތަންތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވީ، މިހާރު ވެކްސިން ޖަހާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބޮޑަށް ބާރު އަޅަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް