ޚަބަރު ސިޔާސީ

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައިފިއެވެ.

Ads by MWSC

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ޗީފް އޮފް ޑިފެންސްގެ މަޤާމަށް އައްޔަން ކުރެއްވި އަބްދުއްރަހީމަކީ ސިފައިންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން މޭޖަރ ޖެނެރަލް އަބްދުއްރަހީމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަކީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރައްވާ މަޤާމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!