ދެއްވަދޫން ދެ މަހުގެ ތުއްތު ކުއްޖަކު ކޮވިޑަށް ފައްސިވެއްޖެ

ގއ. ދެއްވަދޫން ދެ މަހުގެ ކުއްޖަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
"ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެރަށުން ފައްސިވީ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ޓެސްޓު ކުރި ކުއްޖެކެވެ.
ދެއްވަދޫން ދެ މަހުގެ ތުއްތު ކުއްޖަކު ފައްސިވެފައިވާކަން އެ ރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެ ރަށު ކައުންސިލާ ހަވާލާދީ "ވަގުތު" ނޫހުގައި ބުނެފައި ވަނީ އެގޭގައި އެ ކުއްޖާއާއެކު އިތުރު އަށް މީހަކު ތިބި ކަމަށާއި، އެ ކުއްޖާ ފިޔަވާ އިތުރު އެއްވެސް މީހަކު އެ ބައްޔަށް ފައްސިވެފައި ނުވާ ކަމަށެވެ.