ވެރިކަންކުރާ ޕީއެންސީއާއި ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕު ހޫނުވެ، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ގުރޫޕުން ބޭރު ކޮށްލައިފިއެވެ.
އެ ޕާޓީގެ ވަޓްސައަޕް ގްރޫޕް ހޫނުވެފައިވަނީ ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހުއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސްގެ އެދުމުގެ މަތިން ހާއްސަ ކޮމެޓީއެއް އުފެއްދި ކަމަށް ހާމަ ކޮށްފައެވެ. އަދި ޕީޕީއެމްގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވި ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް ހީނާ ވަނީ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި މަލީހް ބޭރުކޮށްލާފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ނަމަ އެކަން ސެކްރެޓަރީ ޖެނެރަލާއި ތަރުޖަމާނަށް އެނގެން ޖެހޭ ކަމަށް އަސާސީ ގަވާއިދުގައި އޮންނަ ކަމަށް ބުނެއެވެ.
އެ ގުރޫޕުގައި މެމްބަރުން ތުހުމަތު ކޮށްފައިވަނީ މަލީހު އެ ޕާޓީ ފިތުނަވެރި ކުރުވަން މަސައްކަތް ކުރަނީ މަލީހުއަށް މި ސަރުކާރުން ވަޒީރުކަން ނުދިނުމުންނެވެ.